ޕޮލިޓިކްސް

"މުދަލަށް ގެއްލުން ދިނުމަކީ ސިޔާސީ ފިކުރުގެ ބައެއް ނޫން"

Feb 8, 2021
4

ރައްޔިތުންގެ މުދަލަށް ގެއްލުން ދިނުމަކީ ސިޔާސީ ފިކުރުގެ ބަޔަކަށް ވެގެން ނުވާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވީ ފެބުރުއަރީ 8، 2012 އިގައި ހިނގައި ދިޔަ ހަމަނުޖެހުންތަކުން ރާއްޖޭގެ ބައެއް ރަށުގައި ފުލުސް އިމާރާތްތަކާއި ކޯޓްތަކާއި ދައުލަތުގެ އެހެން ގިނަ އިމާރާތްތަކަށާއި ތަކެއްޗަށް ގެއްލުންދީ ހުޅު ޖަހައި އަންދާލި ހާދިސާއާ ގުޅުވައިގެނެވެ.

އެ ދުވަހުގެ ހާދިސާތަކުގެ ހަނދާން އާ ކުރައްވާ ޖަމީލް ވިދާޅުވީ "އިއާ ދަނުކުރެވޭ ޝަރުއީ ތަރިކަ ނެތިގޮސްފި" ކަމަށެވެ.

"ހާއްސަކޮށް އައްޑޫން ނެތިދިޔަ ތަކެތި ކިތަންމެ ޕައުންޑަކުންވެސް ނުގަނެވޭނެ. މިޒަހަމަށް ފަރުވާއެއް ނެތް. މިކަން ހިންގި މީހުން ހަނދާންކޮށް އިތުުރު ފުރުސަތު ނުދެމާ" އޭނާ ވިދާޅުވެފައި ވެއެވެ.

ފެބުރުއަރީ 8 ހިނގައި ދިޔަ ހަމަނުޖެހުންތަކާއި ހުޅު ޖެހުމުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުން ދެބިލިއަން ރުފިޔާއަށް އަރަ އެވެ. އަދި އެދުވަހު ހަމަނުޖެހުންތަކުގައި އެމްޑީޕީގެ ބައެއް ފަރާތްތަކަށް އަނިޔާވެފައި ވެއެވެ.