ރައީސް މުހައްމަދު ނަޝީދު

"ފުލުސް އިސާލާހު ކުރުމުގެ ފަހު މަރުހަލާއަށް ދެވުމުން އުފާވޭ"

Feb 8, 2021
9

ފުލުހުންނާއި އެ މުއައްސަސާ އިސްލާހު ކުރުމުގެ މަސައްކަތުގައި މިހާރު އޮތް އަދި ލިބި ވަޑައިގަންނަވާ އުފަލަކީ އެ މަސައްކަތް ނިންމުމުގެ މަރުހަލާއަށް ވަޑައިގެންނެވިފައިވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަހަރު ރައްޔިތުންގެ މަޖިލީހުގެ ރަސްމީ މަސައްކަތުގެ ފުރަތަމަ ޖަލްސާ ފައްޓަވައި ރިޔާސަތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ޕޮލިސް ބޯޑަށް އާންމުންގެ ތެރެއިން އައްޔަން ކުރަންޖެހޭ ދެ މެމްބަރުން ނަގަން ކުރިމަތިލާން ފުރުސަތު ހުޅުވާލެއްވި ކަން އިއުލާންކޮށް ދެއްވާފަ އެވެ.

އެކަމާ ގުޅުވައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި ނުވަ އަހަރު ކުރީން އައި 7 ފެބުރުއަރީގައި އެމަނިކުފާނުގެ ވެރިކަން ވެއްޓުނު ހާދިސާގެ ތެރެއަށް ވެސް ވަޑައިގެންނެވި އެވެ.

އަދި ވިދާޅުވީ ޕޮލިސް ބޯޑަށް އާންމުން މެންބަރުން ކުރިމަތިލާން ހުޅުވާލީ 7 ފެބުރުއަތީ އާއި 8 ފެބުރުއަރީއަށް ނުވަ އަހަރު ފަހުން ކަމަށާއި ފުލުހުންގެ ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް މަޖިލީހުން ކުރީ އެ ސަބަބަށްޓަކައި ކަމަށެވެ. މަޖިލީހުގެ އަޣުލަބިއްޔަތު ރީނދޫ ކުލައަށް ދިނީ އެބަދަލު ގެނައުމަށް ރައްޔިތުން އެދޭތީ ކަމަށް ވެސް ވިދާޅުވި އެވެ.

"ފުލުހުންގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން އައްޔަނު ކުރާނީ ބަޣާވާތުގެ އަމަލުތައް، މިޔުޓިނީގެ މަސައްކަތްތައް ހިންގި މީހުންނާ ގުޅޭގޮތުން ފިޔަވަޅު އެޅި އަދި ހަމައެއާއެކު ފުލުހުންގެ މަސައްކަތަކީ ޕްރޮފެޝަނަލް، ފަންނީ ރާއްޖޭގެ ތަރައްގީއަށް ދިވެހިންގެ އާންމު ހާލަތަށް ދިވެހިންގެ މަސްލަހަތަށް ދިވެހިންގެ ކުރިއެރުމަށް އޮތް ދިވެހިން ލޯބިވާ ދިވެހިން އިހުތިރާމްކުރާ ހިދުމަތަކަށް އެ ހިދުމަތް ވުމުން،"