ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވީއައިއޭއަށް އިންޓަނޭޝަނަލް އެވޯޑެއް

Feb 9, 2021

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް، އެއާޕޯޓް ކައުންސިލް އިންޓަނޭޝަނަލް (އޭސީއައި) ގެ އެވޯޑެއް ލިބިއްޖެ އެވެ.

ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނި ގޮތުގައި ވީއައިއޭއަށް ލިބިފައި ވަނީ ވޮއިސް އޮފް ކަސްޓަރު އެވޯޑް ކަމަށެވެ. މި އެވޯޑަކީ މި ހާލަތުގައި އެއާޕޯޓުން ހިދުމަތް ހޯދާ މީހުންގެ ހިޔާލުގެ މައްޗަށް ބަލައި ދީފައިވާ އެވޯޑެކެވެ.

އަހަރަކު ތިން މިލިއަނެއްހާ މީހުންނަށް ހިދުމަތް ދޭ ވީއައިއޭއަށް މީގެ ކުރިން ވެސް ގިނަ އިންޓަނޭޝަނަލް އެވޯޑުތައް ލިބިފައިވެ އެވެ. ހާއްސަކޮށް ޓޫރިޒަމް ދާއިރާގެ އެކި އެވޯޑުތަކުގައި ވީއައިއޭއަށް ވަނަތައް ލިބެ އެވެ.