ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑް: ވިލިނގިލީގައި މީހަކު މަރުވެއްޖެ

ގއ. ވިލިނގިލި: 77 އަހަރުގެ މީހަކު މިއަދު ވަނީ ކޮވިޑް ބަލީގައި މަރުވެފައި
0%
0%
0%

ގއ. ވިލިނގިލީގެ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހަކު ކޮވިޑް ބަލީގައި މިއަދު މަރުވެއްޖެ އެވެ.

މަރުވެފައި ވަނީ ގއ. ދެއްވަދޫ އަށް ނިސްބަތްވާ އުމުރުން 77 އަހަރުގެ މީހެކެވެ.

ގއ. އަތޮޅު ހޮސްޕިޓަލު މެނޭޖަރު ޝަރީފް އަހުމަދު މިއަދު އަވަސްއަށް ވިދާޅުވީ، ކޮވިޑް ބަލީގައި މަރުވެފައިވާ މީހާއަކީ މީގެ 15 ދުވަސް ކުރިން ސްޓްރޯކެއް ވެސް ޖެހުނު މީހެއް ކަމަށެވެ.

އެމީހާ ވިލިނގިލި ކޮވިޑް ފެސިލިޓީއަށް ގެނައީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ. ހާލު ދެރަވެގެން މިދިޔަ މަހުގެ 26 ވަނަ ދުވަހު ވެންޓިލޭޓަރަށް ލައި، މަރުވުމާ ހަމައަށް ވެސް އޭނާގެ ނޭވާ ލައްވަމުން ގެންދިޔައީ ވެންޓިލޭޓަރުގަ އެހީގަ އެވެ.

މިއަދުގެ މަރަށް ފަހު ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިވަނީ 56 އަށް އަރާފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345