ހަބަރު

"މިއުޒިކަކީ ގިނަ ދިވެހިންގެ ދިރުއުޅުން"

މިއުޒިކަކީ ގިނަ ދިވެހިންގެ އާންމު ދިރިއުޅުމާ ގުޅިފައިވާ ކަމެއް ކަމަށް މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބައެއްގެ އާންމު ދިރިއުޅުމަށް ހަރާމަށް ގޮވުމަކީ މުޖުތަމައު ރޫޅާލުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ "މިއުޒިކް ކުޅެ އަޑު އަހައި މަޖާ ކުރާނެ ތަނެ" އް ހަދަން ގޮވާލާ ގަރާރަކަށް ރައްޔިތުންގެ މަޖިލީހުގައި މިދިޔަ ހޯމަދުވަހު މެންބަރު ދެއްކެވި ވާހަތަކާ ގުޅިގެން ރާއްޖޭގައި ތިއްބެވި ދީނީ ދަންނަ ބޭކަލުންގެ ތެރެއިން މަޝްހޫރު ގިނަ ބޭފުޅުން ކަންބޮޑުވެ ވަޑައިގެން އެ ކަމުގެ މައްޗަށް ވާހަކަދައްކަވާފައި ވާތިއެވެ.

"ބައެއްގެ އާންމު ދިރިއުޅުން ހަރާމް ކަމަށް ގޮވުމަކީ އެބައެއްގެ މުޖުތަމައު ރޫޅާލުމަށް ހިންގޭ މަސައްކަތެއް. ދިވެހިން ނިކަމެތި ކުރުމަށް ހިންގާ އަމަލެއް" އެމަނިކުފާނު ވިދާޅުވި އެވެ.

މަޖިލީހަށް ހުށަހެޅި "މަޖާކުރާ މަރުކަޒު" ގެ ގަރާރުގެ ބަހުސުގައި އެމްޑީޕީގެ މެމްބަރުން އެއަށް ތާއީ ދުކުރެއްވި އިރު، އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީގެ (ޕީއެންސީ) އަށް ނިސްބަތްވާ މެމްބަރުން އެ ގަރާރާ ދެކޮޅަށް ދެއްކެވި ވާހަތަކާއި އިސްކާމް ދީނާއި މިއުޒިކާ އޮތް ގުޅުމާ ގުޅޭގޮތުން ވަނީ ހިޔާލުތަފާތުވެފަ އެވެ.