އަލީ ވަހީދު

އަލީ ވަހީދު ބޭރަށް ވަޑައިގެންނެވިކަން ފުރަތަމަ އެނގުނީ ހަބަރުން: ސަރުކާރު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: ކުއްލި ގޮތަކަށް ރާއްޖެއިން ބޭރަށް ވަޑައިގެންފައިވޭ --
50%
50%
0%

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުއްލިގޮތަކަށް ބޭރަށް ވަޑައިގެންނެވިކަން ފުރަތަމަ އެނގުނީ ނޫސްތަކުގައި ލިޔެފައިވާ ހަބަރުތަކުން ކަމަށް ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ޖިންސީ ގޯނާކުރުމުގެ ދައުވާ އުފުލާފައިވާ އަލީ ވަހީދުގެ ޕާސްޕޯޓު ކްރިމިނަލް ކޯޓުން ދޫކޮށްލާފައި ވަނީ އޭނާގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހޭކަން ޑޮކްޓަރުން ކަށަވަރުކޮށްދިނުމުން ކަމަށް ކޯޓުން ބުންޏެވެ. އެމަނިކުފާނާއި ޖާމިނުވާނެ ފަރާތެއް ވެސް ހުށަހަޅާފައިވާތީ ޕާސްޕޯޓު ދޫކުރީ ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި މަބުރޫކް ވިދާޅުވީ "ކުރީގެ މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވި ވާހަކަ ފުރަތަމަ ދެކުނީ ހަބަރުން" ކަމަށެވެ.

މަބުރޫކް ވިދާޅުވީ އަލީ ވަހީދުގެ މައްސަލަ ރައީސްގެ ސަމާލު ކަމަށް އައުމުން ވަގުތުން ފިޔަވަޅު އަޅުއްވަން ފެއްޓެވި ކަމަށާ ބައްލަވަން ޖެހޭ ކަންކަން ބެއްލެވުމަށް ފަހު އަލީ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. އަދި އަލީގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް އިތުރަށް އިންވެސްޓިގޭޝަން ކުރިއަށް ގެންދަން ކަމާބެހޭ އިދާރާތަކަށް ހަވާލުކޮށްފައިވާ ކަމަށެވެ.

"އަަޅުގަނޑުމެންނަށް މިހާރު ލިބޭ މައުލޫމާތުން ކޯޓުން އެ އަމުރު އަނބުރާ ގެންދަވާ ޕާސްޕޯޓް ވަނީ އަނބުރާ ހަވާލުކުރައްވާފައި. މައިގަނޑު ސަބަބެެއް ގޮތަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ ބަލި ހާލަތު ހުރި ގޮތުން ބޭރަށް ވަޑައިގަންނަވަން ޖެހޭ ކަމަށް އަދި އެވަޑައިގަތުމުގައި ޑޮކްޓަރެއްގެ ބަހަށް ރިޔާއަތްކޮށް ލިބެންޖެހޭ ފަރުވާ ލިބެން އެންމެ ރަނގަޅީ އޭރުން ކަމަށް ކޯޓުން އެ ގޮތަށް އެކަން ކުރެއްވި ކަމަށް،" މަބުރޫކް ވިދާޅުވިއެވެ.

އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައިވާއިރު، އޭގެ ތެރޭގައި ޖިންސީ ކުށުގެ ގާނޫނުގެ ގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ އާއި އެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ އާއި އެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާ އާއި އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ އެކެވެ.

އެހެންނަމަވެސް އަލީ ވަހީދު ވަނީ މި ދައުވާތަކަށް އިންކާރުކޮށްފަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތު ތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށާ އެ ވާހަކަތައް ފެންމަތިކޮށް އޭނާ މަގާމުން ވަކި ކޮށްފައި ވަނީ ސިޔާސީ ނުފޫޒުން ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަސް ތެރޭގަ އެވެ.

8 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މިއްނު

ޒިންމާދާރު ވެވޭނީ މިވަރައް

ހގގތ

އަމާގާތަށްވަތްމީހާވެސް އަނގައެއްއޮތަތީ، އެއްްޗެކޭބުންޏެވެ! ވަނީ ހުނިގުރާބުބަލަޔޯލައެވެ! ޤަބޫލުކުރަންޏާ، ޤަބޫލުކުރަންވީއެވެ!

ބުރޯބުރޯ

ކޮބާމިފަހަރު ކިހާވަރަކައް ކީރިތިފުޅު ކުރެއްވިތޯ؟.

ހައްލު

އަހަރުންނައް ވެސް ވީހަމަ ތިވަރު.ދޮގުހަދަން ދަސްކޮއްބަލަ

ޢަޒީމ

މޮޔަވެފަ ތިބީ ރައްޔެތުން. ހެދިހާދޮގެއް ގަބޫލު ކޮއް ދެންވެސް ހަދާނެހާ ދޮގު ގަބޫލުކުރާނީ މޮޔައިންކަން މި ސަރުކާރައް އެގެޔޭ.

ދުމް

މޮޔަ ސަރުކާރެއް ހުވާ.ކުޑަކުދިން ހަދާ ކަހަލަ ދޮގު ހަދާ ބައެއް.

ބަދޫރާ ހަމީދު

ހަމީދު ކަންތަކޭ

ސަލާޙް

މީހަކު އަޅެ މޮޔައެއް ނުވާނެ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345