މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ޑިޓެންޝަން ސެންޓަރުގައި ހުރި ބިދޭސީއަކު ފިލައިފި

Feb 10, 2021
5

ޑިޓެންޝަން ސެންޓަރުގައި ހުރި ބިދޭސީއަކު ފިލައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިރޭ ބުނީ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ހުރި އުމުރުން 32 އަހަރުގެ ބަންގްލަދޭޝް މީހަކު ފިލާފައިވާ ކަމަށެވެ. އޭނާއަކީ އިމިގްރޭޝަން ގާނޫނާއި ހިލާފުވެގެން ރާއްޖެއިން ފުރުވާލެވެންދެން އެތަނުގައި ބަހައްޓާފައި ހުރި މީހެކެވެ.

އޭނާ ފިލާފައިވަނީ މިރޭ 7:30 ހާއިރެވެ. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން ކުރަމުންދާ ކަމަށްވެސް ބުންޏެވެ.