މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ރާއްޖޭގައި ޕޯސްޓަލް ބޭންކިންގެ ހިދުމަތް ފަށަން ސާވޭއެއް

ރާއްޖޭގައި ޕޯސްޓަލް ބޭންކިންގެ ހިދުމަތް ފަށަން ސާވޭއެއް ކުރަން މޯލްޑިވްސް ޕޯސްޓުން ނިންމައިފި އެވެ.

"ނެޝަނަލް ސާވޭ އޮން ޕޯސްޓަލް ބޭންކިން" ގެ ނަމުގައި ކުރިޔަށް ގެންދާ މި ސާވޭގެ ބޭނުމަކީ މޯލްޑިވްސް ޕޯސްޓުން ފޯރު ކޮށްދޭ ފައިނޭންޝަލް ހިދުމަތްތައް ފުޅާ ކުރުން ކަމަށް ޕޯސްޓުން ބުންޏެވެ.

އަދި ބުނީ މި ސާވޭގައި ޕޯސްޓަލް ބޭންކިންއަށް ރާއްޖޭގައި ފުރުސަތުތައް އޮތް މިންވަރު ދެނެގަންނާނެ ކަމަށާއި އެކަމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދައި ރައްޔިތުން މި ހިދުމަތް ބޭނުންވާ ވަރު ދެނެގަންނާނެ ކަމަށެވެ.

ޕޯސްޓްގެ މި ސާވޭ ކުރިއަށް ދާނީ މިމަހު 15 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހަށެވެ.