ސިއްހަތު

ހަ ރަށެއްގެ ސިއްހީ މަރުކަޒު އަޅާނެ ބަޔަކު ހޯދަނީ

ހަ ރަށެއްގައި ސިއްހީ މަރުކަޒެއް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފި އެވެ. ސިއްހީ މަރުކަޒު އަޅަނީ ހދ. މަކުނުދޫ އާއި ނ. މާފަރާއި ށ. ކަނޑިތީމާއި ހއ. ކެލާ އާއި ފ. ފީއައްޔާއި އަދި އއ. ތޮއްޑޫ އެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހުޅުވާލި މި ބީލަމުގައި ބައިވެރިވެވޭނީ ޕްލޭނިން މިނިސްޓްރީ ގައި "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

އެ ޕްރޮޖެކްޓަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 11 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

އަތޮޅު ތަކުގެ ތެރޭގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން މި އަހަރު ބޮޑެތި ޕްރޮޖެކްޓަކެއް ހިންގަން ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ފަސް ރަށެއްގައި ޓާޝިއަރީ ހޮސްޕިޓަލާއި ލ. ގަމުގައި ކެންސަރު ހޮސްޕިޓަލެއް އެޅުން ހިމެނެ އެވެ.