މިފްކޯ

މުލަކުގައި މިފްކޯގެ ޕޯޓެއް އަޅަނީ

މ. މުލަކުގައި މިފްކޯގެ ބަނދަރެއް ތަރައްގީ ކުރަން ސަރުކާރުން އެމްޓީސީސީ އާއި ހަވާލު ކޮށްފި އެވެ.

މި މަޝްރޫއުގެ މަސައްކަތް ހަވާލު ކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ޑިރެކްޓަރު ފާތުމަތު ޝާނާ ފާރޫގު އެއްބަސްވުމުގައި ސޮއި ކުރެއްވިއިރު، އެމްޓީސީސީން ސޮއި ކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާ އެވެ.

މި މަޝްރޫއުގައި 22،240 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކައި 8،640 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުން ކުރާނެ އެވެ. އަދި 160 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލައި 68.90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއެކު 3،200 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދާނެ އެވެ.

މި މަޝްރޫއަށް 56.13 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ. މަސައްކަތް 300 ދުވަސް ތެރޭ ނިންމަން ޖެހެ އެވެ.