ބިދޭސީން

އާދީއްތައިން ފެށިގެން ބިދޭސީ ވޯކްޕާމިޓް ދޫކުރަނީ

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ވޯކްޕާމިޓް ދޫކުރުން އާދީއްތަ ދުވަހުން ފެށިގެން ހުޅުވާލަން އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިދިޔަ މަހުގެ 31 ޖަނަވަރީ ގައި ގެޒެޓް ކޮށްފައިވާ ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވައިދު 15 ވަނަ މާއްދާ ބުނާ ގޮތަށް އަންނަ އާދީއްތަ ދުވަހުން ފެށިގެން ވޯކް ޕާމިޓް ހުއްދަ ދޫކުރަން ފަށާނެ ކަމަށެވެ.

ވޯކް ޕާމިޓް ދޫކުރާނީ ބިދޭސީންގެ ވެރިފިކޭޝަނެއް މިނިސްޓްރީން ފުރިހަމަ ކުރުމަށް ފަހު އެވެ. ވެރިފިކޭޝަން ފުރިހަމަ ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ އެކްސްޕެޓް ސިސްޓަމެއް މެދުވެރިކޮށެވެ.

ވެރިފިކޭޝަން ފުރިހަމަ ކުރަން އެޕޮއިންޓްމެންޓެއް ހެދުމަށްފަހު ވަޒީފާ ދޭ ފަރާތް ނުވަތަ އެ ފަރާތުން އައްޔަން ކުރާ އެހެން ފަރާތަކުން ބިދޭސީން ހުރަވީ ބިންޑިންގައި ހުންނަ އެމްޕްލޯއިމަންޓް ރަޖިސްޓްރޭޝަން ސެކްޝަނަށް ގެންދަން ޖެހެ އެވެ.

ބިދޭސީން ރާއްޖެ އެތެރެވާ ދުވަހުން ފެށިގެން، ވޯކް ޕާމިމިޓް ހޯދަން އޮންނަ މުއްދަތު ހަމަވަންދެން ކޮންމެ ދުވަހަކު ވެސް ވެރިފިކޭޝަގެ ހިދުމަށް ދޭނެ އެވެ.

އިކޮނިނޮމިކް މިނިސްޓްރީން ދާދިފަހުން ވަނީ ރާއްޖެ އަންނަ ބިދޭސީން ވޯކް ޕާމިޓް ހޯދުމުގެ ކުރިން ހައްދަން ޖެހޭ ވޯކް ޕާމިޓް މެޑިކަލް އެގްޒަމިނޭޝަންގެ ހިދުމަތް ހަދައިދޭ ފަރާތްތައް ރަޖިސްޓްރީވާން ވެސް ހުޅުވާލައިފި އެެވެ.

މެޑިކަލް އެގްޒަމިނޭޝަންގެ ހިދުމަތް ހަދައިދޭ ފަރާތްތަކުން މިނިސްޓްރީން ކަނޑައަޅާ އިންތިޒާމެއްގެ ތެރެއިން މެޑިކަލް ރިޕޯޓް މިނިސްޓްރީއާ ހިއްސާ ކުރަން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

މެޑިކަލް އެގްޒަމިނޭޝަންގެ ހިދުމަތް ހަދައިދޭ ފަރާތްތައް ރަޖިސްޓްރީވާން ބޭނުންނަމަ ރަޖިސްޓްރީވާން ހުށަހަޅަން ޖެހޭ ފޯމް ހުށަހެޅުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އެދިފަ އެވެ.

ރާއްޖޭގައި ބިދޭސީންގެ މަސައްކަތު ބޮޑު އާބާދީއެއް އުޅޭއިރު، މީގެތެރޭގައި ގާނޫނީ އެއްވެސް ލިޔެކިއުމެއް ނެތި އުޅޭ މީހުން ގާނޫނުގެ ތެރެ އަށް ވެއްދުމުގެ މަސައްކަތްތަކެއް އިކޮނޮމިކް މިނިސްޓްރީން ވަނީ ފަށާފަ އެވެ. ބިދޭސީން ގަވާއިދުގެ ތެރެއަށް ފައްތަން ފެށި ޕްރޮގްރާމްގައި މިހާތަނަށް 41000 ބިދޭސީއަކު އަމިއްލައަށް އެދިގެން ރެޖިސްޓްރީ ވެފައިވާ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.