ހިޔާ މަޝްރޫއުގައި އިމާރާތްކުރި 7،000 ފްލެޓް ދިނުމުގައި ސަރުކާރުން އަމަލު ކުރިގޮތާމެދު ހިތްހަމަނުޖެހުން ފާޅުކޮށް އިއްޔެ ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެ ސިޓީގެ މޭޔަރު ކަމަަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތުމަކީ މާލޭ ރައްޔިތުން އެކަނި ދޫނުކޮށްލާނެ ކަމުގެ އަލިގަދަ ހެއްކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބުދުލްކަރީމް (ރުކުމާ) ވިދާޅުވެއްޖެ އެވެ.
މާލެ ސިޓީ ކައުންސިލްގެ މެންބަރުކަންވެސް ކުރައްވާފައިވާ ރުކުމާ މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.
ކުރީ ސަރުކާރުން އިމާރާތްކުރި 7،000 ފްލެޓް ދޭނެ ބަޔަކު ކަނޑައަޅާ ލިޔުންވެސް ދީފައިވަނިކޮށް މި ސަރުކާރުން ވަނީ ކުރީ ސަރުކާރުން ކަނޑައެޅި ލިސްޓް ބަދަލުކޮށް އާ ލިސްޓެއް ނެރެފައެވެ. ފްލެޓް ލިބޭނެ މީހުން ހިމެނޭ ފައިނަލް ލިސްޓް ނެރެފައިވާއިރު ކުރިން ފްލެޓް ލިބޭނެ ކަމަށް ލިޔުން ދީފައިވާ އެތަށް ބަޔަކަށް ފްލެޓް ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި ވަރަށް ނިކަމެތި ހާލަތުގައި ދިރިއުޅެމުންދާ މީހުންވެސް ހިމެނެއެވެ.
"މަގޭ ފްލެޓް ކޮބާ" ނަމުގައި އިއްޔެ އިިދިކޮޅުން ބޭއްވި އިހުތިޖާޖަށް އިޝާރާތް ކުރައްވާ ރުކުމާ ވިދާޅުވީ ހިޔާ މަޝްރޫއުގައި އިމާރާތްކުރި 7،000 ފްލެޓް ދިނުމުގައި ސަރުކާރުން އަމަލު ކުރިގޮތާމެދު ހިތްހަމަނުޖެހުން ފާޅުކޮށް އިއްޔެ ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެ ސިޓީގެ މޭޔަރު ކަމަަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތުމަކީ މާލޭ ރައްޔިތުން އެކަނި ދޫނުކޮށްލާނެ ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ. ރުކުމާ ވިދާޅުވީ ފްލެޓަށް އެދި ހުށަހެޅި މީހުންނަށް ކުރިން ދީފައިވާ ޕޮއިންޓް މަގުބޫލު އުޒުރެއް ނުދެއްކި މަދުކޮށްފައިވާ ކަމަށެވެެ.
ރުކުމާ ވަނީ މިއީ ކޮވިޑްގެ ބަލިމަޑުކަމުގެ ހާލަތު ކަމަށްވާތީ ރައްކާތެރިކަމަށްޓަކައި މުޒާހަރާ ކުރުމާއި އެއްވުންތައް ނުބޭއްވުމަށް އިލްތިމާސް ކޮށްފައެވެ.
ހިޔާ މަޝްރޫއު ކުރިއަށް ގެންދިޔައިރު ހައުސިން މިނިސްޓަރަކަށް ހުންނެވީ މުއިއްޒު އެވެ. މުއިއްޒު ގެންދަަވަނީ ކުރީ ސަރުކާރުގައ ފްލެޓް ލިބޭނެ ކަމަށް ލިޔުންދިން މީހުންނަށް ފްލެޓް ދޭން ޖެހޭ ކަމަށް ވިދާޅުވެ އެކަމަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވަމުންނެވެ. އަދި ފްލެޓް ލިބޭނެ މީހުން ކަނޑައެޅި ގޮތް ސާފުކޮށްދެއްވާ އެކަމުގައި އެއްވެސް ގޯހެއް ނޯންނާނެ ކަން ސާބިތުކޮށްދޭން ގިނަ ހެކިތަކެއް ދައްކަވައެވެ.
މުއިއްޒު ވިދާޅުވީ ފްލެޓް އަތުލި މީހުންނަށް ޕީޕީއެމްގެ ވެރިކަމެއްގައި ފްލެޓް ކަށަވަރު ކޮށްދޭނެ ކަމަށެވެ. އަދި ޕީޕީއެމްގެ ސަރުކާރެއްގައި އެންމެ ފުރަތަމަ ހިންގޭ ހައުސިން މަޝްރޫއެއްގައި ފުރަތަމަ ފްލެޓް ދޭނީ ހައްގުތައް ގެއްލުނު މީހުންނަށް ކަމަށެވެ.