ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

57 ވަނަ މީހަކު ކޮވިޑްގައި މަރުވެއްޖެ

Feb 13, 2021
2

ކޮވިޑް-19 ބަލީގައި 57 ވަނަ މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ ރޭ 78 އަހަރުގެ އަންހެނަކު ހާލަތު ދެރަވެގެން އައިޖީއެމްއެޗަށއް ގެންދިޔައިރު މަރުވެފައިވާ ކަމަށާއި އޭނާގެ ކޮވިޑަށް ޓެސްޓްކުރި އިރު ޕޮޒިޓިވް ކަމަށެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 2،302 މީހުންނެވެ. މިހާތަނަށް 15،142 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 206 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވީ 49 ދިވެހިންނާއި އަށް ބިދޭސީއެކެވެ. މި މަހުވެސް ކޮވިޑް ބަލީގައި ހަތަރު މީހަކު މަރުވެފައި ވެއެވެ. މިދިޔަ ޖަނަވަރީގައި ވެސް ކޮވިޑް ބަލީގައި ހަތަރު މީހަކު މަރުވިއެވެ.