ތިމާވެށި

"ވިކްޓްރީ ޝިޕްރެކް" އަދި ކާށިދޫ ޗާސްބިން ހިމާޔަތްކޮށްފި

"މޯލްޑިވްސް ވިކްޓްރީ" ބޯޓު ފެތިފައިވާ ސަރަހައްދާއި ކ. ކާށިދޫ ޗަސްބިން ސަރުކާރުން ހިމާޔަތްކޮށްފި އެވެ.

މި ދެ ސަރަހައްދު ހިމާޔަތްކުރިކަން އިއުލާނުކުރުމަށް ގެޒެޓްކޮށްފައިވާ ލިޔުމުގައި ވަނީ، ގުދުރަތީ އަދި ތަބީއީގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާ ބެހޭ ގަވާއިދާ އެއްގޮތަށް މި ދެ ސަރަހައްދު ސަރުކާރުން މިއަދުން ފެށިގެން ބަލަހައްޓަމުން ދާނެ ކަމަށެވެ.

ރާއްޖޭގައި ފަސްވަނަ އަށް އެންމެ ބިން ބޮޑު ކާށިދޫގެ ޗަސްބިމަކީ ކަންޒުކަހަނބު އާލާވެ ދިރިއުޅެމުންދާ ތަނެކެވެ. އެތަނަކީ 2003 ވަނަ އަހަރު ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާއި ދެމެހެއްޓުމުގެ ގާނޫނުގެ ދަށުން ކަންޒުކަހަނބު ދިރިއުޅެން ހިމާޔަތްކޮށްފައިވާ ތަނެކެވެ.

ދެވަނައަށް ހިމާޔަތްކުރަން ނިންމާފައިވާ "ވިކްޓްރީ ޝިޕްރެކް" އަކީ 1981 ވަނަ އަހަރު އަޑިއަށް ބީޓު ފެތުނު ސަރަހައްދެވެ. މި ސަރަހައްދުގައި މިހާރު ވަނީ އާޓިފިޝަލް ފަރެއް އުފެދިފަ އެވެ. މިސަރަހައްދަކީ ގިނަ އަދަދަކަށް މީހުން ޑައިވްކުރަން ދާ ސަރަހައްދެކެވެ.