ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮރޯނާ ވައިރަސް

މާފަރު ލެބު އަލުން ހުޅުވައިފި، ދިވެހިންނަށް ކޮވިޑް ޓެސްޓް ހިލޭ

ނ. މާފަރު އެއާޕޯޓްގައި ގާއިމްކޮށްފައިވާ ޕީސީއާރު ލެބޯޓަރީ އަޕްގްރޭޑްކޮށް އަލުން ހުޅުވައި ދިވެހިންނަށް ހިލޭ ކޮވިޑަށް ޓެސްޓް ކޮށްދޭން ނިންމައިފި އެވެ.

ވެލާ ރިސޯޓާއި ސޮނެވާ ފައުންޑޭޝަން ގުޅިގެން ގާއިމްކޮށްފައިވާ ލެބުން ކޮންމެ ދުވަހަކުވެސް 100 ދިވެހީންނަށް ހިލޭ ޓެސްޓް ހަދައިދޭނެ އެވެ.

މީގެ ކުރިން އެ ލެބުން ކޮވިޑަށް ޓެސްޓްކޮށްދެމުން އައީ 100 ޑޮލަރަށެެވެ. އެ އަގު މާބޮޑު ކަމަށް ބުނެ ފާޑުކިޔުންތައްވެސް އަމާޒުވެފައި ވެއެވެ. ނަމަވެސް މިހާރު އެ އަގު ވަނީ 40 ޑޮލަރަށް ކުޑަކޮށްފަ އެވެ. މިއީ މިހާރު ރާއްޖޭގައި ކޮވިޑަށް ޓެސްޓުކޮށްދޭ އެންމެ ދަށް އަގެވެ.

ސޮނެވާއިން ބުނީ މާފަރު ލެބްގެ ހަގީގީ މަގްސަދަކީ "ކޮމިއުނިޓީ" އަށް ހިދުމަތެއް ކޮށްދިނުން ކަަމަށާއި މިހާތަނަށް އެއްވެސް މަންފާއެއް ހޯދައިފައި ނުވާނެ ކަަމަށެވެ. އަދި އެ ލެބުން ލިބޭ ފައިސާ ސޮނެވޭ ފައުންޑޭޝަނާ ވެލާ ރިސޯޓާ ދެމެދު ހަމަހަމަކޮށް ކުރިއަށް އޮތް ތަނުގައި ހިއްސާ ކުރާނެ ކަމަށެވެ.

ރިސޯޓްތަކުން ސާމްޕަލް ނަގައި އެ ސާމްޕަލްތައް މާފަރު ލެބަށް ގެނައުމުގެ ގޮތުން ނަރުހުންނަށް މިހާރު ތަމްރީނު ދެމުންދާ ކަމަށް ސޮނެވާއިން ބުންޏެވެ.