އެމްޑަބްލިއުއެސްސީ

މިރޭ ބައެއް ގެތަކުން ފެން ކަނޑާލާނެ

ޝަހީދު އަލީ ހިނގުމުގައި މިހާރު އަޅާފައިވާ ފެން ހޮޅި އާއި އަޅަން އަޅާފައިވާ ފެންހޮޅި ގުޅާލުމުގެ މަސައްކަތް ކުރުމަށް މިރޭ ބައެއް ގެތަކުން ފެން ކަނޑާލާނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ސިޓީ ކައުންސިލްގެ "ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް" ދަށުން މިހާރު މަސައްކަތް ކުރަމުންދާ ޝަހީދު އަލީ ހިނގުމުގައި މިހާރު އަޅާފައިވާ ފެން ހޮޅި އާއި އަޅަން އަޅާފައިވާ ފެންހޮޅި ގުޅާލުމުގެ މަސައްކަތް ކުރުމަށް މިރޭ ބައެއް ގެތަކުން ފެން ކަނޑާލާނެ ކަމަށެވެ. ފެންކަނޑާލީ މިރޭ 11 އިން ފެށިގެން މެންދަމު ދޭއް ޖެހުމާއި ހަމައަށެވެ.

ފެން ކަނޑާލާނީ ފްލޫނިއާ ގޯޅީގައި ހިމެނޭ ހުރިހާ ގޭބީސީތަކާއި ހަވީރީ ހިނގުމާއި ފްލޫނިއާ މަގާއި ދެމެދުން ޝަހީދު އަލީ ހިނގުމުގައި ހިމެނޭ ހުރިހާ ގޭބީސީތަކެވެ.