ހަބަރު

ނަރުދަމާ އާއި ބޯފެނުގެ މަޝްރޫތަކުގައި މި އަހަރު އަމާޒަށް ވާސިލުވެވުނު: ތޯރިގު

މިއަހަރަށް ކަނޑައެޅި ގޮތަށް 10 ރަށެއްގެ ނަރުދަމާ ނިންމައި 10 ރަށެއްގައި ސާފު ބޯފެނުގެ ނިޒާމު ގާއިމު ކުރެވިފައިވާ ކަމަށް އެންވަރަންމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ތޯރިގު އިބްރާހިމް މިދިއަ ބުދަ ދުވަހު ވިދާޅުީ މި އަަރަށް ކަނޑައެޅި ގިނަ މަސައްކަތްތަކުގައި އަމާޒަށް ވާސިލުވެވިފައިވުމުން މިއީ ނަތީޖާ ހާސިލް ކުރުމުގައި "ކާމިޔާބު އަހަރެއް" ކަމަށެވެ.

ތޯރިގު ވިދާޅުވީ މި އަހަރަށް 49 ރަށެއްގެ ނަރުދަމާ ޑިޒައިނިން މަރުހަލާގައި އޮތް އިރު އޭގެ ތެރެއިން 10 ރަށެއްގައި ނަރުދަމާ ގާއިމކުރެވި 10 ރަށެއްގައި ސާފު ފެން ލިބޭނެ ނިޒާމުވެސް ގާއިމް ކުރެވުނު ކަމަށާއި އެއީ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރު ވުޖޫދަށް އައި ބޭނުން ކަމަށެވެ.

"ރަށްރަށުގައި ސާފު ފެން ލިބޭނެ ނިޒާމާއި ނަރުދަމާ ގެ ނިޒާމް ގާއިމްކުރުމަކީ ރައީސް ޔާމީނުގެ މަޝްވަރާގެ މަތިން ވަރަށް މުހިއްމުކަމެއް ދީގެން ސަރުކާރުން ކުރާ ކަންތައްތައް... އިނދިކޮޅު ފަރާތްތަކުން ކޮންމެ ގޮތަކަށް ވާހަކަ ދެއްކިޔަސް ރައްޔިތުންނަށް ފެންނާނެ ކުރާ ކަންކަން،" ތޯރިގު ވިދާޅުވި އެވެ.

ރަށްރަށުގެ ބޯފެނުގެ ނިޒާމާއި ނަރުދަމާއަށް ހަރަދުވާ ފައިސާ ސަރުކާރަށް ލިބިފައިވާ ކަމަށް އިޝާރާތް ކުރައްވާ މިނިސްޓަރު ވިދާޅުވީ ޑިޒައިނިން މަރުހަލާގައި މިހާރު ހުރި ރަށްރަށުގެ މަސައްކަތް ވެސް ހުއްޓުމަކަށް ނުގެނެސް، 2017 ގެ ނިޔަލަށް ނިންމާނެ ކަމަށެވެ.