ދިވެހި މީޑިއާ

މީޑިއާ ރެގިއުލޭޓަރީ އޮތޯރިޓީއަށް އާންމުންގެ ހިޔާލު ހޯދަނީ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލައި އެކުލަވައިލަން ނިންމާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓީން ކޮމްޕެނީ" އޮންނަން ޖެހޭނެ ގޮތްތަކާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނީ މިއީ އަލަށް އުފައްދާ އޮތޯރިޓީއަށް މެންބަރުން އައްޔަންކުރަންވީ ގޮތާމެދު
މީޑިއާތަކާއި އާންމުން ދެކޭ ގޮތް ހޯދުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ސާވޭއެއް ކަަމަށެވެ.

އެ ސާވޭއަށް މައުލޫމާތު ދޭ ފަރާތްތަކުގެ ޒާތީ މައުލޫމާތު ހަމާނުކުރާނެ އެވެ. އަދި އެ މައުލޫމާތުތައް ބޭނުން ކުރާނީ ހަމައެކަނި އެ ކަމާ ގުޅޭ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން ކުރާ މަސައްކަތުގެ ބޭނުމަށެވެ.

މީޑިއާ ދައީރާގައި ހަރަކާތްތެރިވާ ފަރާތްތަކުންވެސް ދެކޭ ގޮތް ހާމަ ކުރަން ވަކި ކެޓަގަރީއެއް އެ ސާވޭގައި ހާއްސަކޮށްފައި ވެއެވެ.

މިހާރު ރާއްޖޭގައި ޓީވީއާއި ރޭޑިއޯ ޗެނަލްތައް ރެގިއުލޭޓް ކުރަނީ ބްރޯޑްކާސްޓިން ކޮމިޝަނުން ނެވެ. ނަމަވެސް ޕްރިންޓް އަދި އޮންލައިން މީޑިއާތައް ރެގިއުޅޭޓް ކުރަނީ މޯލްޑިވްސް މީޑިއާ ކައުންސިލްއިން އެވެ. ނަަމަވެސް އެ ދެ މުވައްސަސާ އެއްކޮށްލައި ވަކި އޮތޯރިޓީއެއް ހަދަން މިދިޔަ އަހަރު ވަނީ ނިންމައިފަ އެވެ. އެކަމާ ގުޅޭ ގޮތުން މަޖިލީހުގައި މިހާރުވެސް މަސައްކަތްތައް ދަނީ ކުރަމުން ނެވެ.