ހަބަރު

އެޗްޑީސީގެ "ބްލަޑް ކޭމްޕް" ހުޅުމާލޭގައި ކުރިޔަށް

ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމް މިއަދު ހުޅުމާލޭގައި ފަށައިފި އެވެ.

އެޗްޑީސީއާއި ހުޅުމާލެ ހޮސްޕިޓަލް ގުޅިގެން ފެށި "ބްލަޑް ޑޮނޭޝަން ކޭމްޕް" ހެނދުނު ފެށީ ހުޅުމާލޭ ލިޓުލް ޖެމްސް ޕްރީސްކޫލުގަ އެވެ. މި ކޭމްޕެ މިރޭގެ ނިޔަލަށް ކުރިޔަށްދާނެ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމަކީ އެކުންފުނިން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ އިތުރުން އާންމު މަންފާއަށްޓަކައި ފެށި ކޭމްޕެއް ކަމަށެވެ

އެޗްޑީސީ އިން އިސްނަގައިގެން ހުޅުމާލެ ހޮސްޕިޓަލްގެ އެހީތެރިކަމާއެކު ކުރިޔަށްދާ ބްލަޑް ޑޮނޭޝަން ކޭމްޕަކީ ކޮންމެ އަހަރަކު ތަރުހީބު ބޮޑު ކޭމްޕެކެވެ.