ހަބަރު

ފަގީރުންގެ ދަފްތަރުގައި ރަޖިސްޓަރީވާން ހުޅުވާލަނީ

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީވާން ހުޅުވައިލަން އިސްލާމިކް މިނިސްޓަރީން ނިންމައިފި އެވެ.

މިނިސްޓްރީން ބުނީ، ފަގީރުންނާއި މިސްކީނުންގެ ދަފްތަރު އަލުން އެކުލަވައިލަން މާލޭގައި އުޅޭ ފަގީރުންނާއި މިސްކީނުން އަލުން ރަޖިސްޓްރީވާން އެދޭ ކަމަށާއި މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހަށް ރަޖިސްޓަރީ ވާން ހުޅުވައިލާނެ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރު ފަގީރުންގެ ދަފްތަރުގައި ރަޖިސްޓަރީވާން ހުޅުވާލައިފައެއް ނުވެއެވެ. ނަމަވެސް 2019 ވަނަ އަހަރު ފަގީރުންގެ ގޮތުގައި 8764 މީހަކު ވަނީ ރަޖިސްޓަރީވެފަ އެވެ. އޭގެތެރެއިން 1717 މީހުންނަކީ މާލެއިން ރަޖިސްޓަރީވި މީހުންނެވެ.