އިސްލާމިކް މިނިސްޓްރީ

ހުކުރު ހުތުބާ ކުރުކުރަން ނިންމައިފި

އަންނަ ހުކުރު ދުވަހުން ފެށިގެން ރާއްޖޭގޭ ހުރިހާ ރަށެއްގައި ކިޔާ ހުކުރު ހުތުބާ ކުރިޔަށްވުރެ ކުރުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ އެ ނިންމުމަަކީ ކޮވިޑް 19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ. އެއީ އެއް ތަނެއްގައި ގިނަ މީހުން ތިބޭ ވަގުތު މަދުކުރުމުގެ ބޭނުމުގައެވެ.

މީގެ ކުރިންވެސް ހުކުރު ހުތުބާ ކުރުކޮށް ކުރިއަށް ގެންގޮސްފައިވެއެވެ. އެއީ ކޮވިޑްގެ ހާލަތު ފެށިގެން އައި ދުވަސްވަރު އެވެ. ކޮވިޑްގެ ހާލަތު ގޯސްވުމުގެ ރާއްޖޭގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލިއެވެ. އަދި ފަހުން މިސްކިތްތައް ބަންދުވެސް ކުރިއެވެ.