ހަބަރު

ސަރުކާރުގެ ވަޒީފާއަށް ވަންނަ މީހުންގެ އިމްތިހާން ޑިސެމްބަރުގައި

ސިވިލްސާވިސްގެ ވަޒީފާއަށް ވަންނަން ބޭނުންވާ މީހުން ހަދަންޖެހޭ މްތިހާން އަންނަ ޑިސެމްބަރު މަހު މާލެ، އައްޑޫ އަދި ފުވަމުލަކުގައި ބާއްވަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމައިފި އެވެ.

ސީއެސްސީ އާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން ގުޅިގެން އަލަށް ބާއްވާ މި އިމްތިހާނަކީ ސަރުކާރުގެ ވަޒީފާ އަށް ވަންނަ މުވައްޒިފުނަކީ މަސައްކަތުގެ މާހައުލަށް ބޭނުންވާ މުހިންމު ހުނަރުތަށް ލިބިފައިވާ ގާބިލް ފަރާތްތަކެއްކަން ދެނެގަތުމުގެ ގޮތުން ބާއްވާ އިމްތިހާނެކެވެ.

ސީއެސްސީ އިން ބުނީ މި އިމްތިހާން ބޭއްވުމަށް އެކޮމިޝަނުން ވާންޖެހޭ ތައްޔާރީތަށް އެ ކޮމިޝަންގެ ޓްރެއިނިން އިންސްޓްޓިއުޓް އަދި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނާއި ގުޅިގެން ކުރަމުން އަންނަ ކަމަށާއި ޑެސެމްބަރު ދޭއްގައި މާލެ، އައްޑޫ ސިޓީ އަދި ފުވަމުލަކުގައި އިމްތިހާނު ބާއްވާނެ ކަމަށެވެ.

މި އިމްތިހާނުގައި ކޮންމެ އުމުރެއްގެ މީހަކަށް ބައިވެރި ވުމުގެ ފުރުސަތު އޮންނަ އިރު އިމްތިހާން ކަރުދާހުގައި އެކުލެވިގެންވާނީ މައިގަނޑު ގޮތެއްގައި ހަތަރު ބައެއްގެ މައްޗަށެވެ. އެއީ ދިވެހި ބަސް، މުއާސަލާތު ކުރުމާއި މުއާމާލާތު ކުރުން އަދި އިދާރީ ހިންގުމެވެ.