ކަނޑުމަތީގެ ހާދިސާ

ލޭންޑިން ކްރާފްޓެއް ފަރަކަށް އުރިއްޖެ

ދަތުރުކުރަމުން ދިޔަ ލޭންޑިން ކްރާފްްޓެއް ރީތި ބީޗް ރިސޯޓުގެ އިރުދެކުނުން އޮތް ފަރަކަށް އުރިއްޖެ އެވެ.

"ސީ ޕްރޯ ލޭންޑިން ކްރާފްޓް" ނަމަކަށް ކިޔުނު މި ލޭންޑިން ކްރާފްޓްގައި ޖުމްލަ ފަސް މީހުން ތިބި ކަމަށް ސިފައިންގެއިން މައުލޫމާތު ދެއެވެ. މި މީހުންގެ ތެރޭގައި ތިބީ ދެ ދިވެހިންނާއި ތިން ބިދޭސީންނެވެ.

މިހާދިސާ ހިނގިކަމުގެ ރިޕޯޓް ސިފައިންގެއަށް ލިބިފައިވަނީ ރޭ ދަންވަރު 2:59 ގައެވެ. ކޯސްޓް ގާޑުގެ ޑައިވަރުން މިހާރު އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް ސިފައިންގެއިން މައުލޫމާތު ދެއެވެ.