ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކުރި ފްލެޓްތައް ލިބުނު ސިވިލް ސާވަންޓުންގެ ތެރެއިން މާ ދަށުން މާކްސް ލިބިފައިވާ ފަރާތްތަކުގެ ފްލެޓް އަތުލަން ނިންމާފައިވާ ކަަމަށް ސަރުކާރުން ބުނެފި އެވެ.
މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ފްލެޓެއް ލިބޭ މީހަކަށް އެންމެ ދަށްވެގެން 50 މާކްސް ލިބެން ޖެހޭނެ ކަަމަށް ކަނޑައަޅާފައި އޮތް ނަމަވެސް ސިވިލް ސާވިސް ކެޓަގަރީން ފްލެޓް ދިނުމުގައި އެކަން އޮތީ އިސްތިސްނާ ކޮށްފައި ކަމަށެވެ.
އެގޮތަށް އޮތުމުން ވަރަށް ދަށުން މާކްސް ލިބުނު ސިވިލް ސާވަންޓުންނަށްވެސް ފްލެޓް ލިބިފައިވާކަން އަސްލަމް ފާހަގަ ކުރެއްވި އެވެ.
ސިވިލް ސާވިސް ކެޓަގަރީން ފްލެޓް ދިނުމުގައި ބަލާފައި ވަނީ ސަރުކާރުގައި އުޅުނު މުއްދަތަަށާއި، ވަޒީފާގެ ގިންތިއާއި ދަރިންގެ އަދަދާއި ނުކުޅެދުންތެރި ކުދިން ތިބޭ ތިިބުމަށެވެ. އެ ކެޓަގަރީން ފްލެޓް ދިނުމުގައި ދިރިއުޅުމުގެ ހާލަތަ ބެލުން ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައެއް ނުވެ އެވެ
" ފްލެޓް ލިސްޓުން ފާހަގަކުރެވިފައި އެބަހުރި 12 މާކްސް، 14 މާކްސް ބައެއް އޮފީސްތަކުގެ ބައެއް ގިންތީގެ މީހުންނަށް ލިބިފައި ހުރިކަން. އެކަން ޝަކުވާއެއްގެ ގޮތުގައި އަންނަން ފެށީމަ ވަޒީރުންގެ މަޖިލީހުގަ އަޅުގަނޑު މަޝްވަރާކޮށްފަ އިއްޔެ ނިންމާފަ އޮންނާނެ 50 ޕަސެންޓްގެ ދަށުން މާކްސް ލިބޭ އެއްވެސް ފަރާތަކަށް އެއީ ސިވިލް ސާވިސްވެސް ހިމެނޭގޮތަށް މި މަޝްރޫއުގެ ދަށުން ފްލެޓެއް ނުދޭނެކަަމަށް. އެއީ އެހެން ކެޓަގަރީތަކަށްވެސް އެޕްލައި ކުރި ރޫލް ސިވިލް ސާވިސް ކެޓަގަރީއަށްވެސް އެޕްލައި ކުރީ" އަސްލަމް ވިދާޅުވި އެވެ.
ފްލެޓްތައް ލިބުނު މީހުންގެ ދާއިމީ އަދަދު އާންމުކޮށްފައިވާ އިރު އެންމެ ގިނައިން މިފަހަރު ފްލެޓްތައް ދީފައިވަނީ މާލެ މާލޭ ރަށްވެހިންގެ ކެޓަގަރީއަށް ފޯމު ހުށަހެޅި ފަރާތްތަކަށެވެ. އެ ކެޓަގަރީން ފްލެޓް ލިބުނީ 1837 މީހުންނަ ށެވެ.
ވަރަށް ހާލުގައި އުޅޭ މީހުންނަށްވެސް މިފަހަރު ފްލެޓް ނުލިބިފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ފްލެޓް ކޮމެޓީން ބުނީ އެފަދަ ފަރާތްތަކަށް ފްލެޓް ނުލިބުނީ އެކަށީގެންވާ އަދަދަށް ފްލެޓް ނެތުމުގެ
ސަބަބުން ކަަމަށެވެ.