ހިޔާ މަޝްރޫއު

ސަރުކާރު ބަދަލުވަމުގެ މަރުހަލާގައި ފްލެޓްތައް ދިން މައްސަލަ ބަލަނީ

ހިޔާ މަޝްރޫއުގެ ދަށުން ހެދި ޓަވަރުތަކެއް---ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް
0%
0%
0%

ނިމިގެން ދިޔަ ރިޔާސީ އިންތިހާބަަށްފަހު ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި ވަނިކޮށަ ފްލެޓްތައް ދިން މައްސަލަ ބަލަން ފަށައިފިއެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ސަރުކާރު ބަދަލުވާން އެހާ ކުޑަދުވަސް ކޮޅެއް ވެފައި އޮތް ފްލެޓްތައް ދިނުމަކީ އެންމެ ރަނގަޅު އުސޫލުތޯ ސުވާލު އުފެދޭ ކަމަށެވެ.

"ކިހިނެއްވެގެން ކުރި ކަމެއްތޯ. އެއީތޯ އެއީ މިކަހަލަ ކަންކަން ކުރުމުގައި އެންމެ ރަނގަޅު ގޮތަކީ. އެއީތޯއޭ އެންމެ ބެސްޓް ޕްރެކްޓިސްއަކީ. .އެކަން އޮގަަތަށް ކުރުމުގެ ތެރޭގައި މައްސަލަތަކެއް ހިނގާފަ އޮތްތޯ. ބަޔަކު މީގެ ތެރޭގައި ގާނޫނާ ގަވައިދާ ހިލާފަށް ބަޔަކަށް އޮޅުވާލުމަށް ކަންތައްތަކެއް ކޮށްފަ އޮތްތޯ ބެލުމަށް އެ މައްސަލަތައް މިހާރު ފްލެޓް ކޮމެޓީން ކުރިއަށް ގެންދާކަމެއް." އަސްލަމް ވިދާޅުވި އެވެ.

ފްލެޓް ކޮމެޓީން އެ މައްސަލަ ބަލަމުންދަނީ ތަހުގީގީ އިދާރާތަކާ ގުޅިގެން ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.

ފްލެޓްތައް ކުރީ ސަރުކާރުން ހަވާލުކުރި ގޮތް ބަލައި، ފްލެޓް ލިބުނުކަމުގެ "ދޮގު ލިޔުން" ދިން ފަރާތްތަކަށް ދައުވާ ކުރަން ދައުވާ ކުރަން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް އިއްޔެ ވަނީ ގޮވާލައްވައިފަ އެވެ.

ފްލެޓްތައް ލިބުނުކަމުގެ ލިޔުން ކުރީ ސަރުކާރުން ހަވާލުކުރި ނަމަވެސް މި ސަރުކާރުން ފަހުން ވަނީ އެ ލިސްޓު މުރާޖާކޮށް ބައެއް ކެޓަގަރީން ފްލެޓްތައް ނުދޭން ނިންމައިފަ އެވެ. ފްލެޓްތައް ނުދޭން ނިންމި ކެޓަގަރީތަކުގެ ތެރޭގައި އަލަތު ކައިވެނި ކުރާ ޒުވާނުންނަށް ދޭން ނިންމި ފްލެޓްތައްވެސް ހިމެނެ އެވެ. ނަމަވެސް އެ ފްލެޓްތައް ހަދާފައި ނެތް ކަަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ފްލެޓްތަކުގެ މައްސަލަައިގައި ކޯޓަށް ގޮސްފިނަމަ ކޯޓުގެ ނިންމުމަށް ތަބާވާނެކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.

8 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345