ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އައްޑޫ ހުޅުމީދޫ ކްލަސްޓާ: އިތުރު މީހަކު ޕްޒިޓިވް

އައްޑޫ ސިޓީގައި އުފެދިފައިވާ ދެ ކްލަސްޓާގެ ތެރެއިން ހުޅުމީދޫ ކްލަސްޓާގައި އިތުރު މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.

ގިނަ އަދަދެއްގެ ބިދޭސީން ޕޮޒިޓިވްވެފައިވާ މި ކްލަސްޓާގައި ޕްޒިޓިވްވެފައި ވަނީ ކަރަންޓީނުގައި ހުރި ބިދޭސީ އެކެވެ. އޭނާ ޕްޒިޓިވްވެފައި ވަނީ ބަލީގެ އަލާމާތް ހުރެގެން ޓެސްޓް ކުރުމުންނެވެ.

އެހެންކަމުން ހުޅުމީދޫ ކްލަސްޓާގައި ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 26 އަށް އަރާފައެވެ. މުޅި ޖުމްލަ އައްޑޫ ސިޓީގައި 63 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

އައްޑޫ ސިޓީގައި ދެ ކްލަސްޓާ އުފެދިފައިވީ ނަމަވެސް ކޮމިއުނިޓީ ސްޕެރެޑެއް ނެތް ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އޭއީއޯސީ) އިން ރޭ ވަނީ ބުނެފަ އެވެ.

އެސިޓީގައި އިތުރު ހަފްތާއަކަށް ކާފިއުގެ މުއްދަތުވެސް މިހާރު ވަނީ އިތުރުކޮށްފަ އެވެ. ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ އެޗްޕީއޭއިން އެ ސިޓީގައި ފިޔަވަޅުތައް ހަރުކަށި ކޮށްފައި ވަނީ މި މަހުގެ ނުވަވަނަ ދުވަހުން ފެށިގެންނެވެ.