ރެޑްވޭވް

ރެޑްވޭވް ޕެވީލިއަން: ބޮޑު ފިހާރައެއް

ރާއްޖޭގެ އެންމެ ބޮޑު އެއް ސޯލް ސޭލް ވިޔަފާރި ޗެއިން ކަމަށްވާ ރޭޑްވޭވުން މާލޭގައި 12 ވަނަ ފިހާރައެއް ހުޅުވައިފި އެވެ.

"ރެޑްވޭވް ޕެވީލިއަން" ގެ ނަމުގައި މިއަދު ހުޅުވި ފިހާރަ ހުޅުއްވައިދެއްވީ އޭދަފުށި ދާއިރާގެ މެމްބަރު އަދި ރެޑްވޭވްގެ ޗެއާމަން އަހްމަދު ސަލީމް އެވެ. ތިން ފަންގިފިލާ އަށް ހުންނަ މި ފިހާރަ އިން ގިނަ އަދަދެއްގެ ސާމާނު ލިބެން ހުންނާނެ އެވެ. އެގޮތުން ގޭތެރެ އަށް ބޭނުންވާ ހުރިހާ ސާމާނެއް ހެޔޮ އަގުގައި މި ފިހާރަ އިން ލިބިގެން ދާނެ ކަމަށް ރެޑްވޭވުން މައުލޫމާތުދެ އެވެ.

މީގެ އިތުރުން ރެޑްވޭވުން ބުނީ، އެކި ބްރޭންޑްތަކުގެ ބަދިގެ ސާމާނާއި، އިލެކްޓްރޯނިކް ދާމާނުގެ އިތުރުން ފަރުނީޗަރު ވެސް ހެޔޮ އަގުގައި ލިބިގެން ދާނެ ކަމަށެވެ. އަދި ރެޑްވޭވްގެ އެހެން ފިހާރަތަކުން ލިބޭ ސާމާނު މިފިހާރައިން ވެސް ލިބޭނެ ކަމަށް ބުންޏެވެ.

އަލަށް ހުޅުވި މި ފިހާރަ ހުންނާނީ، ރައްޔިތުން މަޖިލިސް ކައިރި، ރާއްޖޭ ޓީވީ ކުރިން ހިންގި އިމާރާތުގެ ކުރިމައްޗަށްވާ ގޮތަށެވެ.

ރެޑްވޭވުން ބުނީ ކުރިއަށް އޮތް ތަނުގައި ފިހާރައިގައި ވިއްކާތަކެތީގެ އަގު މިހާރަށް ވުރެ ހެޔޮ ވެގެންދާނެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ހޯލްސޭލް ވިޔަފާރި ޗެއިންއިން ދަނީ ރާއްޖޭގައި ފުޅާ ދާއިރާއެއް ވިޔަފާރި ކުރަމުންނެވެ. އެ ކުންފުނިން އިލެކްޓްރޯނިކް ސާމާނުގެ އިތުރުން ކެއިން ބުމަށް ބޭނުންވާ ގިނަ ސާމާނުވެސް ވިއްކަ އެވެ.