ޓެކްނޯލޮޖީ

އިންޑިއާ ސަރުކާރާ ޓްވީޓާއާ ކޯޅުން ބޮޑުވެ ކުރިއެރުން ވާދަވެރިންނަށް

އިންޑިއާގައި ޓްވީޓާގެ ބަދަލުގައި އެހެން އެޕްލިކޭޝަނެއް ބޭނުން ކުރަން ފަށައިފި އެވެ. ޓްވީޓާއާ އިންޑިއާ ސަރުކާރާ ދެމެދު ކޯޅުން އިތުރުވެ، ސިޔާސީ ނުފޫޒުގައި ޖެހެންޖެހިއްޖެ ނަމަ ވަކި ޓްވީޓާއަކަށް ވެސް ރަނގަޅު ގޮތެއް ނޯންނާނެކަން އިންޑިއާއިން މިހާރު ދަނީ ޓްވީޓާއަށް ދައްކަމުންނެވެ.

ކޮވެލި ފަދަ ދޫނި ގޮވާ އަޑުން ނަންދީފައި ވާ "ކޫ އެޕް" ބޭނުންކުރާ މީހުން ކުއްލިއަކަށް އިތުރުވެ ވައިގައި ވަނީ ހިފާފަ އެވެ. މި އެޕްލިކޭޝަނަނީ ވެސް ޓްވީޓާ ފަދައިން ކުރު މެސެޖްތައް އިނގިރޭސިން އަދި އިންޑިއާގައި ވާހަކަދައްކާ ބަސްތަކުން ފޮނުވައިދޭ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން ޓްވީޓާގެ މައްޗަށް ނުފޫޒު ފޯރުވުމަށްޓަކައި ގިނަ މީހުން ބޭނުން ކުރުމަށް ސިޔާސީ ލީޑަރުން ވެސް އަންނަނީ ގޮވާލައި އެދެމުންނެވެ.

އިންޑަސްޓްރީ އެންޑް ކޮމާސް މިނިސްޓަރު، ޕަޔުޝް ގޮޔަލް ވެސް އެދިވަޑައިގަންނަވަނީ ޓްވީޓާ ދޫކޮށްލައި ކޫ ބޭނުން ކުރުމަށެވެ. ސަޕޯޓަރުންނާ ލޯބިވާ މީހުންގެ ކިބައިން އޭނާ ވަނީ މިކަމަށް އެދިވަޑައިގެންފަ އެވެ.

ކޫ އެޕްލިކޭޝަނަށް ކުއްލިއަށް އެރި ބާރުގަނޑާއެކު ސާވާތަކަށް ކެތްނުކުރުވުނު ކަމަށް ބޮމްބިނޭޓް ޓެކްނޮލޮޖީޒް އިން ވަނީ ބުނެފަ އވެ. ޗީފް އެގްޒެކެޓިވް އޮފިސަރު، އަޕްރަމިއާ ރާދަކްރިޝްނަން ވިދާޅުވީ ކޫއެޕްގެ އަސާސީ އަމާޒަކީ ސިޔާސީވުން ނޫން ކަމަށާއި ބޭނުމަކީ މެސެޖެއް ފޮނުވާލުން ކަމަށެވެ.

"މިއީ އިންޑިއާ އެޕްލިކޭޝަނެއް،" ސީއީއޯ ވިދާޅުވި އެވެ. "ކޫގައި ނޫޅޭނެ އީލަން މަސްކްއެއް. އޭނާ ފޮލޯކުރަން ބޭނުންވާ މީހުންނަކަށް ކޫ އެޕް ކަމަކު ނުދާނެ" އޭނާ ވިދާޅުވީ ކޫ އެޕް އަކީ އިންޑިއާ ބަހުރުވަތަކުން މެސެޖްކުރެވޭ އެޕްލިކޭޝަނެއް ކަމަށެވެ.

ކޫ އެޕްގެ ލޯގޯގައި އިންނަނީ ރީނދޫ ފިޔޮކެކެވެ. ޓްވީޓާގައި ނޫކުލައިގެ ދޫންޏެކެވެ. ދާދި އެއްބޭނުމެއް ކުރެވޭ ދެ އެޕްލިކޭޝަނެއް ނަަމަވެސް ކުކުޅު ފިޔޮކަކީ ތަބީއަތުގައި ވެސް އުދުހެވޭ އެއްޗެއް ނޫނެވެ. އެކަމަކު ބޮލަށް އުނދަގޫވާ ވަރަށް ގޮވަން ދަނެ އެވެ. ތުންބުން ކޮށައި މީހުންގެ ލޯބި ހޯދަ އެވެ.

އިންޑިއަން އެޕްސްޓޯރުން ދައްކާ ގޮތުން މިދިއަ އަހަރުގެ ނިޔަލަން ކޫ އެޕް 2.6 މިލިއަން އިންސްޓޯލް ކޮށްފައިވެ އެވެ. އެހެން ނަމަވެސް މިއަހަރު ފެބްރުއަރީ 6-11 އާ ދެމެދު އިތުރު 901،000 ޑިވައިސްއަކަށް ވަނީ އިންސްޓޯލް ކޮށްފަ އެވެ.