ހަބަރު

އަދީބު ވަކި ކުރުމުން ޕާޓީއާ ގުޅޭ ޒުވާނުން ގިނަ ވެއްޖެ: ޕީޕީއެމް

Oct 29, 2015
1

ޕީޕީއެމްގެ ނައިބު ރައީސް ކަމުންނާއި މެންބަރު ކަމުން ނައިބު ރައީސް އަހުމަދު އަދީބު ވަކި ކުރި ފަހުން ގިނަ އަދަދެއްގެ ޒުވާނުން ޕާޓީއާ ގުޅިފައިވާ ކަމަށާއި ވަރަށް ގިނަ ޒުވާނުން ޕާޓީއާ ގުޅުމުގެ ޝައުގުވެރިކަން ފާޅު ކުރަމުން އަންނަ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ޕާޓީން އަދީބު ވަކި ކުރުމާ ގުޅިގެން ޒުވާނުން އެ ޕާޓީން ވަކިވެއްޖެ ކަމަށް ބުނެ ފަތުރަމުންދ ހަބަރުތަކަކީ އެއްވެސް ހަގީގަތެއް އެކަމުގައި އޮތް ވާހަކަތަކެއް ނޫން ކަމަށާއި އަދީބު ޕާޓީން ވަކި ކުރުމާ ގުޅިގެން މި ޕާޓީން ވަކިވުމަށް އެދި އެއްވެސް ފަރާތަކުން ހުށަހަޅާފައި ވެސް ނުވާ ކަމަށެވެ.

"... ޕާޓީގެ އަސާސްތަކާ ހިލާފުވެ ޕާޓީގެ ވިސްނުމާ ދެކޮޅަށް ވަކާލާތުކޮށް އެގޮތަށް އަމަލު ކުރަމުން ގެންދާ ފަރާތްތަކާމެދު ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅައި ޕާޓީން ވަކި ކުރަންޖެހޭ ހާލަތްތަކުގައި ޕާޓީން ވަކި ކުރާނެ އެވެ. އެފަދަ މެންބަރުންގެ މައްސަލަތައް މިހާރު ވެސް ޕާޓީގ ސުލޫކ ކޮމެޓީން ބަލަމުން އެބަދެ އެވެ. އެފަދަ ނިންމުމެއްގެ ސަބަބުން ޕާޓީގެ އެއްބައިވަންތަ ކަމަށާއި ޕާޓީއަށް އޮތް ތަރުހީބަށް އެއްވެސް އުނިކަމެއް ނާންނާނެ އެވެ،"