ދުނިޔެ

ޔޫރަޕިއަން ހިއުމަން ރައިޓްސް ކޯޓަށް ރަޝިޔާ ވިސްނައިދީފި

އިދިކޮޅު ލީޑަރު އެލެކްސީ ނަވާލްނީއާ މެދު ރަޝިއާއިން ކަން ކުރަނީ ރަނގަޅަށް ނޫން ކަމަށް ކަނޑަނޭޅޭނެ ކަމަށާއި ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސް (އީސީއެޗްއާރު) އިން ވަކި ގޮތެއް ނިންމައި އެމީހުންނަށް ކަމުދާ ގޮތަށް އަމަލު ކުރުމަށް ރަޝިއާއަށް ނޭންގޭނެ ކަމަށް އެގައުމުން ބުނެފި އެވެ.

ރަޝިއާގެ ދާހިލީ އަދި ޝަރުއީ ނިންމުންތަކަށް އީސީއެޗްއާރަށް ފާޑު ނުކިޔޭނެ ކަމާށާއި ބަޔަކު ކުރާހާ ކަމެއް ކުށެއް ގޮތުގައި ކަނޑައެޅުމުގެ ހައިސިއްޔަތު ޔޫރަޕްގެ ކޯޓުތަކަށް ލިބފައިވާކަން ރަޝިޔާއަށް އެނގިފައި ނޯންނަ ކަމަށެވެ.

"ރަޝިއާ ކޯޓުތަކުން ނިންމާ ނިންމުންތަކަށް ފާޑުކިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން" މޮސްކޯގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ކްރެމްލިން ސްޕޯކްސްމަން ދިމިތްރީ ޕެސްކޯފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޖަދަލުކޮށް ގޮތް ދައްކަން ރަޝިއާ ބޭނުން ނުވާ ކަމަށާއި އަމިއްލަ ކޮޅަށް ބުރަވެ ނިންމާ ނިންމުތަކަށް ހޭލާ ތިއްބަވާނެ ކަމަށެވެ.

ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސްއިން ރަޝިއާއަށް އަންގާފައި ވަނީ އިދިކޮޅު ލީޑަރު ނަވާލްނީ ހަމަ ވަގުން ދޫކޮށްލުމަށެވެ. އަދި ނަވާލްނީގެ ސިއްހަތާ މެދު ކަންބޮޑުވާ ކަމަށާއި އޭނާއަށް ލިބެން ޖެހޭ ހައްުގުތަކުން މަހުރޫމް ކޮށްފާނެ ކަމަށް ބިރުހީވާ ކަމަށެވެ. އަދި އެންމެ އަސާސީ ހައްގުތަކުން ވެސް އޭނާ ބާކީކުރާ ކަމަށެވެ.

ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސް ހުންނަނީ ފްރާންސްގެ ސްޓްރަސްބޯގްގަ އެވެ. އެއީ ޔޫރަޕިއަން ކައުންސިލްގެ ދަށުން ހިނގާ ބައިނަލްއަގްވާމީ ކޯޓެކެވެ. އެތަނުގައި މެންބަރު ގައުމުތަކާ ގުޅުންހުރި މައްސަލަތައް ބަލައި ގޮތް ނިންމަ އެވެ. ރަޝިއާ އަކީވެސް ޖުމުލަ 47 މެންބަރުންގެ މައްޗަށް ނިސްބަތްވާ ކޯޓްގެ މެންބަރު ގައުމެކެވެ.