ސްޓެލްކޯ

މުޅި މާލެއިން ކަރަންޓް ކެނޑިއްޖެ

މުޅި މާލެއިން ކަރަންޓް ކެނޑިއްޖެ އެވެ.

މާލެ ސިޓީން ކަރަންޓް ކެނޑިފައިވަނީ ފަތިހު 5:40 އެހާކަންހާއިރެވެ. ސްޓެލްކޯއިން ބުނީ މާލެ ސިޓީން ކަރަންޓް ކެނޑިފައިވާ ކަރަންޓް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއިން ވަނީ ކަރަންޓު ކެނޑިފައި. ވީއެންމެ އަވަހަކަށް އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މައާފަށް އެދެން،" ކަރަންޓްދިޔަތާ ވިއްސަކަށް މިނެޓް ފަހުން ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.

މައްސަލަ ހައްލުކޮށް ބައެއް ސަރަހައްދުތަކަށް ގަޑިއެއްހާއިރު ފަހުން ކަރަންޓް ދެވުނު ނަމަވެސް މުޅި މާލެއަށް ކަރަންޓް ދިނުމަށް ދެގަޑިއިރު ހޭދަވިއެވެ.

މިފަދަ ވަގުތެއްގައި ގިނަ އިރުތަކަކަށް މާލެއިން ކަރަންޓް ކެނޑުމުން އާންމުންނަށް ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.