ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ ބަލާއާފާތް

އާޓިސްޓުންނާއެކު ޕްރިވިލެޖް މޯލްޑިވްސްގެ ކެމްޕޭނެއް

ޕްރިވިލެޖް މޯލްޑިވްސްގެ "ޕްރޯ ޓެލެންޓް" ގައި ހިމެނޭ ބައެއް ފަންނާނުން
100%
0%
0%

ޕްރިވިލެޖް މޯލްޑިވްސް އިން ދިވެހި އާޓިސްޓުންނާއެކު ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ.

ޕްރިވިލެޖް މޯލްޑިވްސްގެ "ޕްރޯ ޓެލެންޓް" ގައި ހިމެނޭ 37 ފަންނާނުންނާއެކު ފެށި މި ކެމްޕެއިނަކީ ކޮވިޑް-19 އާއި ދެކޮޅު މަސައްކަތްތަކުގައި އާންމުން ހޭލައްވައި އަހުލުވެރި ކުރަން ފެށި ކެމްޕޭނެކެވެ. ކެމްޕެއިނުގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ލަވަކިޔުންތެރިންނާއި، ސޯޝަލް މީޑިއާ އިންފުލުއެންޒާސް އާއި ކޮމޭޑިއަންސް އަދި ފިލްމްސްޓާރުން ބައިވެރިވެ އެވެ.

މި ކެމްޕޭން ތެރޭ ކޮވިޑުން ރައްކާތެރިވުމަށް ބާރުއަޅާ ކަންކަން ރައްޔިތުންނަށް ފަންނާނުން މެދުވެރިކޮށް ކިޔައިދޭނެ އެވެ. ކެމްޕޭން ކުރިއަށް ދާނީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ.

މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ފެށި މި ކެމްޕެއިން މި ހަފްތާ ނިމެންދެން ކުރިއަށް ދާނެ އެވެ.

ޕްރިވިލެޖް މޯލްޑިވްސްއަކީ ރާއްޖޭގެ ވިޔަފާރިތަކާއި ލޯޔަލް ޓެލެންޓު ޕްރޮމޯޓްވާ ގޮތަށް ތައާރަފު ކޮށްފައިވާ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމް ފަރުމާ ކޮށްފައި ވަނީ ހަތަރު ބައެއްގެ މައްޗަށެވެ. އެއީ ވިޔަފާރިތައް ޕްރޮމޯޓް ކުރުމާއި ރާއްޖޭގެ ހާއްސަ ސިފަތައް ޕްރޮމޯޓް ކުރުމާއި ދިވެހި ޒުވާނުންގެ ހުނަރު ޕްރޮމޯޓް ކުރުމެވެ. ޕްރިވިލެޖް މޯލްޑިވްސްއާއެކު 17 ކެޓެގަރީއަކުން 150 ބިޒްނަސް ޕާޓުނަރުން ވިޔަފާރި ޕްރޮމޯޓް ކުރެ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ސާން

ޓިކްޓޮކް ކުޅެލީމަ އެދެން އާޓިސްޓުންނޭ ކިޔާތަ ބްރޯ

މަންޖެ31

ހޫނޔޭ.ތީ ފިސާރެ އާޓިސްޓުން ތަކެއް

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345