މޯލްޑިވްސް ޕޮލިސް ސާވިސް

ލަގެޖްގައި ބޮމެއް އޮތްތޯ ސުވާލުކުރި މީހަކު ހައްޔަރުކުރި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ފުރަން ގޮސް ހުރި ދިވެހި ފިިރިހެނަކު އޭނާގެ ލަގެޖުގައި ބޮމެއް އޮތް ތޯ ސުވާލު ކުރުމުން ހައްޔަރު ކޮށްފި އެވެ.

ބޮމެއް އޮތްތޯ ސުވާލުކުރީ އޭނާގެ ދަބަސް ދެވަނަ ފަހަރަށް ޗެކް ކުރުމުން ކަަމަށް ފުލުހުން ބުނެ އެވެ.

އެ މައްސަލައިގައި އިއްޔެ ހަވީރު ހައްޔަރުކުރީ 62 އަހަރުގެ ފިރިހެނެކެވެ.

ނަމަވެސް ރޭ ފަހުން އޭނާ ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރަން ނިންމިކަމެއް ނުވަތަ ނޫންކަމެއް ސާފެއް ނުވެ އެވެ.

ފްލައިޓުގައި ބޮމެެއް އޮތް ކަމަށް ބުނެ ވާހަކަ ދެއްކި މީހަކު މީގެ އަހަރުތަކެއް ކުރިން ހައްޔަރު ކޮށްފައި ވެއެވެ.