ހަބަރު

ނައިބު ރައީސްގެ އިސްތިއުނާފު މައްސަލަ މިއަދު ހަވީރު

ރިޔާސީ ލޯންޗް ކޮޅު، "ފިނިފެންމާ" ގައި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށް 15 ދުވަހުގެ ބަންދުގެ މުއްދަތުޖެހި މައްސަލައިގެ އަޑު އެހުން މިއަދު ހަވީރަށް ހައިކޯޓްގައި ތާވަލުކޮށްފި އެވެ.

އަދީބުގެ ގާނޫނީ ވަކީލު ހުސައިން ޝަމީމް ވިދާޅުވީ މިއަދު ހަވީރު 5:00 ޖަހާއިރަށް އަޑު އެހުން ތާވަލްކޮށްފައިވާ ކަމަށެވެ. މިއަދު މި މައްސަލަ ބާއްވާއިރު އެންމެ ފަހުން ކްރިިމިނަލް ކޯޓްގެ ބަންދުގެ މުއްދަތަށް ނައިބު ރައީސް މާލެ ގެނެސްފައެއް ނުވެއެވެ.

ޝަމީން އެންމެ ފަހުން މީޑިއާއަށް މައުލޫމާތު ދެއްވި ދުވަހު ވިދާޅުވެފައި ވަނީ ހައިކޯޓްގެ ޝަރީއަތަށް ވަޑައިގަތުމަށް ނައިބު ރައީސް ތައްޔާރުވެވަޑައިގެންފައިވާ ކަމަށާއި ފުރިހަމަޔަށް ކޯޓަށް ޖަވާބުދާރީވެސްވެ ވަޑައިގަންނަވާނެ ކަމަށެވެ.