ކޮވިޑް ވެކްސިން

ވެކްސިން ޖެހި ފަހުން މަރުވި މީހާގެ އަންހެނުންވެސް މަރުވެއްޖެ

ކޮވިޑް-19 ގެ ވެކްސިން ޖެހި ފަހުން މަރުވި އުމުރުން 93 އަހަރުގެ މީހާގެ އަންހެނުންވެސް މިރޭ މަރުވެއްޖެ އެވެ. އެ އަންހެން މީހާވެސް ވަނީ ކޮވިޑް ވެކްސިން ޖަހާފައެވެ.

ވެކްސިން ޖެހި ފަހުން ހާލަތު ގޯސްވެ ތިނަދޫ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ހުކުރު ދުވަހު ހެނދުނު މަރުވީ ގދ. ގައްދޫއަށް ނިސްބަތްވާ މީހެކެވެ. ކޮވިޑް-19 އިން ރައްކާތެރިވުމަށް ދޭ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް އޭނާއަށް ދީފައިވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ.

މަރުވި މީހަކީ ގިނަ ބަލިތަކަކަށް ފަރުވާ ހޯދަމުންދާ އަދި ހިނގާބިނގާވެ ނޫޅެވޭތާ 10 އަހަރެއްހާ ދުވަސްވެފައިވާ މީހެއް ކަމަަަށް އެޗްޕީއޭއިން ބުންޏެވެ. އެޗްޕީއޭއިން ބުނީ ދުވަސްވީ މީހާގެ މަރުގެ ހަގީގީ ސަބަބު ދެނެގަތުމަށް ތަހުގީގު ފަށާފައިވާ ކަމަަށެވެ.

އެޗްއީއޯސީން މިރޭ ބުނީ ވެކްސިން ޖެހި ފަހުން މަރުވި އުމުރުން 93 އަހަރުގެ މީހާގެ އަންހެނުންވެސް މިރޭ މަރުވެފައިވާ ކަމަށެވެ. އެއީ އުމުރުން 81 އަހަރުގެ އަންހެނެކެވެ.

"މި ދެ ކޭސްއާ އެއްކޮށް އިތުރު އިންވެސްޓިގޭޝަން އެބަ ކުރިއަށްދޭ،" އެޗްއީއޯސީން ބުންޏެވެ.

އެ އަންހެން މީހާއަށްވެސް ކޮވިޑް ވެކްސިން ޖަހާފައިވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ.