ވަންދޫ

ވަންދޫގައި ތެޔޮ ރައްކާކުރާ މިންވަރު އިތުރުކުރަނީ

ވޯލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގާ މޯލްޑިވްސް ކްލީން އެންވަޔަރަމެންޓް (އެމްއީސީޕީ) ގެ ތެރެއިން ރ. ވަންދޫގައި ތެޔޮ ރާއްކާ ކުރަން ހަމަޖައްސާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ބުނީ ވަންދޫގެ ސަރަހައްދީ ކުނި މެނޭޖްކުރާ މަރުކަޒުގައި ތެލުގެ ވިޔުގަ ފުޅާކުރުމުގެ ގޮތުން ތެޔޮ ރައްކާކުރެވޭ މިންވަރު އިތުރު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.

މި މަސައްކަތަކަށް ބީލަން ހުށަހަޅާ ފަރާތްތަކަކީ އިމާރާތްު ރުމަށް ރަޖިސްޓްރީވެފައިވާ ފަރާތެއް ކަމުގައި ވާން ޖެހެ އެވެ.

މިއީ އެންވަޔަރަމެންޓް މިނިސްޓްރީގެ އެދުމަށް އެމްއީސީޕީގެ ދަށުން ވަންދޫގައި ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.