އުތުރު ތިލަ ފަޅު

އުތުރު ތިލަފަޅުގައި އިންޑިއާއިން ބަނދަރަކާއި ޑޮކްޔާޑެއް ހަދައިދެނީ

Feb 21, 2021
2

އުތުރު ތިލަފަޅުގައި ސިފައިންގެ ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރަން އިންޑިއާ އާއެކު މިއަދު ރާއްޖެއިން ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ރާއްޖޭން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެވެ. އިންޑިއާއިން އެ ގައުމުގެ ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރެވެ.

މިއަދު މި އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު އުތުރުތިލަފަޅުގެ ބަނދަރާއި ޑޮކްޔާޑަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރު ދެ ގައުމުން އިންޑިއާގައު ސޮއިކުރި ޑިފެންސް އެކްޝަން ޕްލޭންގައި ހިމެނޭ އެއްބަސްވުމެކެވެ.

މި ޕްލޭންގައިވާ ގޮތުން އުތުރުތިލަފަޅުގައި ނޭވަލް ބަދަރެކާއެކުޔ ވަސީލަތްތައް ތަރައްގީ ކުރާނީ މުއާސަލާތީ ވަސީލަތްތަކާއި ރާޑަރުގެ ހިދުމަތާއި ތަމްރީނު ހިމެނޭ ގޮތަށެވެ.

ދެ މަރުހަލާއެއް ހިމެނޭ މަޝްރޫއުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ބަނދަރު ތަރައްގީކޮށް، ނިންމާ ބަނދަރާއި ޑޮކްޔާޑު ހުޅުވާނެ އެވެ.