ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ރީތިރަށުގެ ވެކްސިން ޕްރޮގްރާމް ފަށައިފި

ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގެ މުވައްޒަފުންނަށް ކޮވިޑް-19 ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށައިފި އެވެ.

ރީތި ރަށުން ބުނީ ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިިނިސްޓްރީއާއެކު ގުޅިގެން ފެށި ޕްރޮގްރާމްގައި ފުރަތަމަ ވެކްސިން ދޭނީ ފްރޮންޓްލައިނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ 60 ޕަސެންޓަށް ކަމަށެވެ.

މިމަހުގެ 19 ވަނަ ދުވަހު ފެށި ޕްރޮގްރާމް ނިންމައިލާނީ ރިސޯޓުން ވެކްސިން ޖަހަން ބޭނުންވާ މުވައްޒަފުންނަށް ވެކްސިން ދިނުމަށް ފަހު އެވެ.

ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް 10،000 ވެކްސިން ޑޯޒް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ދާއިރާގެ މުވައްޒަފުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށައިފައި ވަނީ މިމަހުގެ ހަތަރުވަނަ ދުވަހު އެވެ.