ދުނިޔެ

ނައިޖީރިއާ މިލިޓަރީ މަތިންދާބޯޓެއް ވެއްޓި ދަރުރުކުރި ހަތްމީހުން މަރު

ނައިޖީރިއާ އެއާފޯސް މަތިންދާބޯޓެއް ވެރިރަށް އަބޫޖާގެ ރަށްބޭރަށް ވެއްޓި ދަތުކުރި ހަތް މީހުން މަރުވެއްޖެ އެވެ. އެއާފޯސް އޮފިޝަލުން ބުނީ ބޯޓް ވެއްޓުނީ އިންޖީން ފެއިލް ވެގެން ކަމަށެވެ.

އެއާފޯސް ސްޕޯކްސްމަން އިބިކުންލެ ޑަރަމޮލާ ޓްވީޓާގައި ވަނީ ބޯޓް ވެއްޓުނުކަން އާންމުކޮށްފަ އެވެ. "ނައިޖީރިއަން އެއާފޯސް (އެންއޭއެފް) 'ބީޗްކްރާފްޓް ކިންގްއެއާ ބީ350އައި' މަރުކާގެ މަތިންދާބޯޓް އަބޫޖާއަށް ދަތުރު ކުރަނިކޮށް އިންޖީން ފެއިލްވެގެން ވެއްޓީ ދަތުރުކުރި ހަތް މީހުން މަރުވެއްޖެ" އޭނާ ޓްވީޓާގައި ބުނެފައިވެ އެވެ.

އޭނާ ވިދާޅުވި ގޮތުން ބޯޓް ވެއްޓެން މެދުވެރިވި ސަބަބު ދެނެގަނެވޭތޯ މަސައްކަތް ކުރާނެ އެވެ. އަދި ބޯޓް ވެއްޓެން މެދުވެރިވީ އިންސާނުންގެ ކުށުން ނަމަ ހަރުދަނާ ފިޔަވަޅުތައް ހަރުކަށި ކުރާނެ އެވެ.

ނައިޖީރިއާ އޭވިއޭޝަން މިނިސްޓާ، ހާދީ ސިރިކާ ވެސް ވަނީ މިބޯޓް ވެއްޓުނުކަން ކަށަވަރު ކޮށްދެއްވާފަ އެވެ. އޭނާ ވިދާޅުވީ ބޯޓް ވެއްޓެން މެދުވެރިވި ސަބަބު ކަމަށް މިހާތަނަށް އެނގިފައި ވަނީ އިންޖީން ފެއިލްވުން ކަމަށެވެ. އެެހެން ނަމަވެސް މި ހާދިސާ ވަރަށް ރަނގަޅަށް ބައްލަވާނެ ކަމަށެވެ.

"މިއީ ހިތާމަވެރި ހާދިސާއެއް،" ހާދީ ވިދާޅުވި އެވެ. "އަހަރެމެންނަށް އޮތީ އިހަށް މަޑުކުރުން. މިލިޓަރީ ގޮތެއް ނިންމަންދެން" އޭނާ ވިދާޅުވީ ދުނިޔެ ދޫކުރި މީހުންނަށް ކެތްތެރިކަމާ އެކު ހެޔޮ ދުއާ ކުރައްވާ ކަމަށެވެ.