ހަބަރު

ރާއްޖެ އިޝްތިހާރުކުރަން އިންޑިއާ ނޫސްވެރިން ގެނެސްފި

Feb 22, 2021
13

ރާއްޖެ އިޝްތިހާރު ކުރަން އިންޑިއާގެ ނޫސްވެރިން ގެނެސްފި އެވެ.

އެމްއެމްޕީއާރްސީއިން ބުނީ އެ ނޫސްވެރިން ރާއްޖެ ގެނެސްފައި ވަނީ އިންޑިއާ މާކެޓުގައި ފުޅާ ދާއިރާއެއްގައި ރާއްޖެ އިޝްތިހާރު ކުރާށެވެ.
އެ ނޫސްވެރިން ތަޖުރިބާ ކުރުމަށް މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ހޭދަ ކުރާނެ އެވެ. މިނޫސްވެރިން އިންޑިއާގައި ބާއްވާ ޓްރެވެލް ޓްރޭޑް ފެއާ ތަކުގައި ބައިވެރިވެ ރާއްޖެ އިޝްތިހާރު ކުރުމާއި، ވެބިނާތައް ބޭއްވުމުގެ އިތުރުން ރޯޑް ޝޯތައް ކުރިއަށް ގެންދާނެ އެވެ.

އިންޑިއާއަކީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުކަމަށް ވެސް އެމްއެމްޕީއާރުސީން ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން ފަތުރުވެރިންނަށް ރާއްޖެއަކީ ރައްކާތެރިތަނެއްގެ ގޮތުގައި ހެދުމުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފްރޮންޓް ލައިން މުވައްޒަފުންނަށް ކޮވިޑް-19 ވެކްސިން ދިނުމުގެ ކަންކަން ކުރިއަށް ދަމުން އަންނަ ކަމަށް ވެސް އެކޯޕަރޭޝަނުން ބުންޏެވެ.