ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ޕޮލެންޑްގެ ސީދާ ދަތުރުތައް ރާއްޖެއަށް ފަށައިފި

ޕޮލެންޑްގެ ލޮޓް ޕޮލިޝް އެއާލައިންސްގެ ސީދާ ދަތުރުތައް ރާއްޖެއަށް ފަށައިފި އެވެ.

ޕޮލެންޑްގެ ލޮޓް ޕޮލިޝް އެއާލައިންގެ ޗާޓާޑް ފްލައިޓް ފުރަތަމަ ރާއްޖެ އައިސްފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. މި ފްލައިޓުން 250 އަށްވުރެ ގިނަ ފަސިންޖަރުން އައިސްފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުންޏެވެ.

މި އެއާލައިނުން މާޗް މަހުގެ ނިޔަލަށް ފަސް ދަތުރެއް ކުރަން ވަނީ ހަމަޖެހިފަ އެވެ.

އެމްއޭސީއެލް އިން ބުނީ، މި ދަތުރުތަކުގެ ސަބަބުން ރާއްޖެއަށް އާ މާކެޓެއް ތައާރަފްވެގެން ހިނގައްޖެ ކަމަށާއި، މިއީ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ ކުރިއެރުމެއް ކަމަށެވެ.

ލޮޓް ޕޮލިޝް އެއާލައިނުގެ ދަތުރުތައް ކުރަނީ ސަން އޯޝަން މޯލްޑީވްސް ޓްރެވެލް އެސެންސީގެ ދަށުންނެވެ.

އެއެޖެންސީގެ ސޭލްސް ޑިރެކްޓަރު ރަޝީދު އަބްދުﷲ ވިދާޅުވީ، މިދަތުރުތަކުގެ ސަބަބުން ޕޮލެންޑުން ހަފްތާއަކު 1150 ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.