އަހުމަދު މަހްލޫފު

ހަވާލުކުރާ މަސައްކަތް ވަރަށް ވަގުތަށް ނުނިމޭ: މަހުލޫފް

ޔޫތު މިނިސްޓްރީން ހަވާލު ކޮށްގެން ކުރިއަށް ގެންދާ އެކިއެކި ޕްރޮޖެކްޓައް ވަރަށް މަދުން ނޫނީ ވަގުތަށް ނުނިމޭ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި ޕާކް ސެޓުތައް އއ. އުކުޅަހާއި ތޮއްޑޫއަށް ލިބިފައި ނުވާތީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މަޖިލީހަށް ހާޒިރުކޮށް މިއަދު ވަނީ ސުވާލު ކޮށްފަ އެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ތޮއްޑޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާން އެވެ.

މަހުލޫފް ވިދާޅުވީ ޕާކް ސެޓްތައް ނުފޮނުވަން ނިންމީ އެ ދެރަށުގައި ވެސް އާ ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދާތީ ކަމަށެވެ.

ތޮއްޑޫގެ މައްސަލައިގެ އިތުރުން އެހެނިހެން ރަށްތަކުގައިވެސް ކަނޑައެޅިފައިވާ ތާރީހަށް ކުޅިވަރުގެ ވަސީލަތްތައް ގާއިމްކޮށް ނުނިމޭތީ ވެސް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އެގޮތުން ވެލިދޫ ދާއިރާގެ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ކަންބޮޑުވުމަކަށްވީ ވެލިދޫގައި ހަދާ އައުޓްޑޯ ޖިމް ގާއިމްކުރަން ނިންމާފައިވާ ތާރީހު ފާއިތުވެ އެތައް ދުވަހެއް ވެގެން ދިޔައިރުވެސް މަސައްކަތް ފެށިފައި ނެތުމެވެ.

ބައްތިރީސް ރަށެއްގައި އައުޓްޑޯ ޖިމް އަޅައި 56 ދުވަސްތެރޭ ނިންމަން ހަވާލުކުރީ މިދިޔަ ނޮވެމްބަރުމަހު އެވެ.

"މަސައްކަތް ބަޔަކާު ހަވާލުކުރާ ތާރީހުގައި ނިމިއްޖިއްޔާ އެއީ ވަރަށް ރަނގަޅު ކަމެއް. އެކަމަކު އަޅުގަނޑު މިވީ ދެ އަހަރު ތެރޭގައި ވެސް އަޅުގަނޑުމެން މިނިސްޓްރީން ހަވާލުކުރި މަސައްކަތެއް ވަރަށް މަދުން ނޫނީ ނިމިފައެއް ނެތް. އެހެން
ނޫންނަމަ ވަރަށް ބައިވަރު މަސައްކަތްތަކެއް މިހާރު ހުންނާނީ ނިމިފައި." ސުވާލަށް ޖަވާބު ދެއްވަމުން މަހުލޫފް ވިދާޅުވި އެވެ.

ސަރުުކާރުގެ ތެރެއިން އެކި ޕްްރޮޖެކްޓްތައް ހަވާލުކުރާ ފަރާތްތަކުގެ މަސައްކަތްތަކުގެ ފެންވަރު ދަށްވުމާ މަސައްކަތްތައް ލަސްވުން ފާހަގަ ކުރެވިފައިވާ ކަމަށް މަހުލޫފް މިއަދު އެއްބަސްވެލެއްވި އެވެ. ގއ. ވިލިނގިލީގެ ފުޓްބޯޅަ ދަނޑު ނުނިމިގެން ދަނީ އެ ސަބަބާ ހުރެކަން ވެސް ފާހަގަކުރެއްވި އެވެ.

"އައުޓް ޑޯ ޖިމްތަކުގެ މަސައްކަތް މިސާލަކަަށް، އއ. ތޮއްޑޫގައި ކޮށްފައިހުރި މަސައްކަތެއް އަޅުގަނޑަށް ފެނިގެން އަޅުގަނޑު އެންގިން އެ މަސައްކަ ވަގުތުން ހުއްޓުވަން.އެއީ އެއްކަމަކަށް އަޅުގަނޑުމެން ޔަގީންކަން ދޭން ބޭނުންވަނީ އަޅުގަނޑުމެން އެދީފައި އޮންނަ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން ކޮންޓްރެކްޓާ އެއްގޮތްވާގޮތުގެ މަތިން އެ މަސައްކަތް ނުކޮށް އޮވެ އަޅުގަނޑުމެން ހަވާލު ނުވާނަން" މަހުލޫފް ވިދާޅުވި އެވެ.

ޅ. ހިންނަވަރުގައި ފުޓްބޯޅަ ދަނޑުގައި ޓާފް އަޅާ ނިންމި ނަމަވެސް އެ މަސައްކަތާ އަދިވެސް ހަވާލެއް ނުވެއެވެ. އެއީ
ޓާފް އެޅިއިރު ސަބްބޭސްގައި ހުރި މަސައްތަކްތަކެއް ނުނިމި އޮތުމުން ކަަމަށާއި މަސައްކަތް ނިމުމުން ހަވާލުވާނެކަމަށް މަހުލޫފް ވިދާޅުވި އެވެ.