އަންހެނުން

ވަކިވީ ހިދުމަތްތެރި ނަރުހެއް

Feb 23, 2021

އިއްޔެ އައްޑޫ ސިޓީގެ ގިނަ ބަޔަކަށް ފުން ހިތާމައެއް ގެނައި އެއް ހަބަރަކީ ކެންސަރު ބަލީގައި ސ. ހިތަދޫ ކާނޭޝަންމާގެ ޝިޔާމާ އަލީ، މަރުވި ހަބަރެވެ. ޝިޔާމާއަކީ ހިތަދޫ ހޮސްޕިޓަލް ގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކޮށްފައިވާ ނަރުހެކެވެ. އެއީ ވަކިވެގެން ދިޔަ ހިދުމަތްތެރި ނަރުހެކެވެ. ދެ ކުދިންގެ މަންމައެކެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ހިދުމަތް ކޮށްފައިވާ އޯގާތެރި ލާމަސީލު ނަރުހެކެވެ. ޝިޔާމާ މަރުވެފައި ވަނީ ކެންސަރު ބަލީގައި ފަރުވާ ހޯދަމުން ދަނިކޮށް އިންޑިއާގެ ކޮޗިންގަ އެވެ.

"2019 ގައި ކެންސަރު ހުރިކަން އެނގުނީ. ނަމަވެސް ޝިޔާމާ އައީ މިދިޔަ އަހަރު ނޮވެމްބަރު މަހާއި ޖެހެންދެން ބައްޔާއި ހަނގުރާމަ ކުރަމުން ވަޒީފާ އަދާ ކުރި މީހެއް. ނޮވެމްބަރުގައި ފަރުވާއަށް އިންޑިއާ ދިޔައީ،" އާއިލާގެ މެންބަރަކު ބުންޏެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އިން ބުނާގޮތުގައި ޝިޔާމާ އަކީ އެ ހޮސްޕިޓަލަށް އަގު ނުކުރެވޭފަދަ ގިނަ މަސައްކަތްކޮށްދޭފައިވާ މުވައްޒަފެކެވެ.