ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޕާޓީއެއް ބޭއްވި އިތުރު ރެސްޓޯރެންޓެއް ޖޫރިމަނާ

އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް ޕާޓީއެއް ބާއްވައިގެން އިތުރު ރެސްޓޯރެންޓެއް ޖޫރިމަނާ ކޮށްފި އެވެ.

އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް ފުލުހުން ހުއްޓުވީ ގްރޭންޑް ވިޔު ރެސްޓޯރެންޓްގައި ކުރިޔަށް ދިޔަ އުފަންދުވަހުގެ ޕާޓީއެކެވެ. މި ރެސްޓޯރެންޓް 5000 ރ. އިން ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކޮވިޑް-19 އިގެ ކޭސްތައް އިތުރުވެފައި ވާތީ އެޗްޕީއޭ އިން ވަނީ މީހުން އެއްވެ އުޅުމާއި ޕާޓީ އަދި ހަފްލާތައް ބޭއްވުން މަނާ ކޮށްފަ އެވެ.

އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް ސޯލްޓް ކެފޭގައި ބޭއްވި ކައިވެނި ޕާޓީއެއް ވެސް ފުލުހުން ވަނީ ހުއްޓުވާފަ އެވެ.