ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް ޓޫރިޒަމް

ޓޫޒިޒަމް ދާއިރާއަށް ކަރަންޓީނު ފެސިލީޓީ ހޯދަނީ

ފަތުރުވެރިންގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަ ކޮވިޑް ފެސިލިޓީތައް ހޯދަން ޓޫރިޒަމް މިނިސްޓްރީން އިއުލާނު ކޮށްފި އެވެ.

މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ، ކޮވިޑް-19 އިގެ ހާލަތާއި ގުޅިގެން ފަތުރުވެރިން އަދި އެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ކަރަންޓީނު ވުމަށާއި އައިސޮލޭޓް ކުރުމަށް ތިން ތަނެއް ބޭނުންވާ ކަމަށެވެ.

މި ފަރާތްތަކުން ކަރަންޓީނުވުމަށް މަދުވެގެން 15 ކޮޓަރީގެ ތިން ގެސްޓް ހައުސް ނުވަތަ ހޮޓަލެއް މާލެ ނުވަތަ ހުޅުމާލެއިން ބޭނުންވާ ކަމަށް މިނިސްޓްރީން ބުންޏެވެ. މީގެ ތެރެއިން އެއްތަން ބޭނުން ކުރާނީ ޕޮޒިޓިވްވާ މީހުނަށެވެ. ދެވަނަ ތަން އިރެކްޓް ކޮންޓެކްޓްވާ މީހުނަށެވެ. އަދި ތިން ވަނަ ތަނެއް ބޭނުން ކުރާނީ ކަރަންޓީނު އަދި އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގަ އެވެ.

މިކަމަށް އެދި ހުށަހަޅާ ތަންތަން އެޗްޕީއޭ އަދި މިނިސްޓްރީން އިސްޕެކްޓް ކުރާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިނިސްޓްރީން ބުނީ މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން 28 ފެބްރުއަރީގެ ކުރިން މިނިސްޓްރީއަށް ޕްރޮޕޯސަލް ހުށަހެޅުމަށެވެ.