ދުނިޔެ

އީކުއޭޑޯ ޖަލުތަކުގައި ހަމަނުޖެހުން ހިންގައި 62 މީހުން މަރު

އީކްއެޑޯގެ އެކި ސަރަހައްދުތަކުގައި ހުރި ޖަލުތަކުގައި ގޭންގްތަކުން ހިންގި ހަމަނުޖެހުންތަކުގައި މަދުވެގެން 62 މީހުން މަރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. މި ހަމަނުޖެހުންތަކާ ބެހޭ ގޮތުން އެ ގައުމުގެ ފުލުހުން ބުނީ އެއީ ގޭންގްތައް ގުޅިގެން ކުޅުނު ކުޅިވަރެއް ކަމަށެވެ. ހަމަނުޖެނުންތައް ހިންގާފައި ވަނީ ހަތަރު ޖަލެއްގައި ދާދި އެއްވަގުތެއްގަ އެވެ.

އާއިލާތަކާ ހަވާލާދީ ލޯކަލް މީޑިއާއިން ބުނީ ވޯޑްތައް މަސްހުނިވެ، އެއްވޯޑުން މީހުން އަނެއް ވޯޑަށް ގޮސް އަނިކޮށް މާރާމާރީ ހިންގާފައިވާ ކަމަށެވެ. މިއީ ހިނގައިގެން އުޅޭ ކަމެއް ކަމަށް ފުލުން ވަނީ ޓްވީޓާގައި ވެސް އިއުލާންކޮށްފަ އެވެ. އަދި ބުނީ މަތަކުރަން މަސައްކަތްކުރަމުންދާ ކަމަށެވެ.

އީކްއޭޑޯގެ ރައީސް ލެނިން މޮރޭނޯ ވިދާޅުވީ ޖަލުތައް ކޮންޓްރޯލުން ނައްޓާފައިވާ ކަމަށާއި ރަސްމީ އިދާރާތަކާ ގުޅިގެން 800 ފުލުން ދަނީ ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން ކަމަށެވެ.

ސަރުކާރުގެ މިނިސްޓަރުން ވިދާޅުވާ ގޮތުން މިއީ ގޭންގްތަކުން އަލަށް ކުރާ ކަމެއް ނޫނެވެ. ޖަލުތަކުގައި ދޭތެރެ ދޭތެރެއިން ހަމަނުޖެހިން ހިންގަނީ މޮޅަށް ރާވައިގެން ކަމަށާއި ހީވަނީ ކޮސެޓެއްހެން ކަމަށެވެ.

ޖަލުތަކުގައި މިހާ ގިނަ މީހުން މަރުވުމަކީ ހިތާމަހުރި ކަމެއް ކަމަށާއި ޖަލު ބެލެހެއްޓުމަކީ ވެސް މިހާރު ބުރަ ބޮޑު މަސައްކަތެއް ކަމަށެވެ.