ހަބަރު

ރޭސް ޖަހާތަން ބަލަންހުރި ބިދޭސީއެއްގެ ގައިގައިޖެހި އޭނާގެ ފައި ބިނދިއްޖެ

Oct 30, 2015

މިއަދު ހަވީރު ހުޅުމާލޭގައި ހިންގި އެކްސެޑެންޓެއްގައި ބިދޭސީއެއްގެ ފައި ބިނދިއްޖެ އެވެ.

ފުލުހުން ބުނީ އެމީހާގެ ފައި ބިނދުނީ މިއަދު ހަވީރު އެ ރަށުގައި ސައިކަލް ރޭސް ޖަހާ ޓްރެކްގައި ފަރިތަ ކުރަމުންދިޔަ ސައިކަލެއް ކޮންޓްރޯލުން ނުވެ ގޮސް އެ ސަރަހައްދުގައި މަންޒަރު ބަލަން ހުރި މީހެއްގެ ގައިގައި ޖެހިގެނެވެ. މި އެކްސިޑެންޓް ހިންގީ އިރުއޮއްސެން ދަނިކޮށް "ޗައިނާ ޓައުން" ގަ އެވެ.

ފައިބިނދު މީހާއަށް ފަރުވާދީ އޭނާގެ ފައިގައި ޕްލާސްޓަރު އެޅުމަށްފަހު ވަނީ ދޫކޮށްލާފައެވެ. ސައިކަލް ދުއްވި މީހާއަށް ވެސް މި އެކްސިޑެންޓްގައި އަނިޔާވެ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދިނެވެ.

ފައިބިނދުނު މީހާއަށް ދަނީ ފަރުވާ ދެމުންނެވެ. އެ ސަރަހައްދަކީ އާންމުކޮށް ހުކުރު ދުވަހު ރޭސް ޖަހާ ސަރަހައްދެކެވެ.