ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އައްޑޫގެ ބައެއް އަވަށްތަކަށް ލުއިދީފި

އައްޑޫ ސިޓީގައި އަޅާފައިވާ ބައެއް ވިޔަވަޅުތަކަށް ލުއި ދީފައިވާނެ ކަމަށް އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އޭއީއޯސީ) އިން ބުނެފި އެވެ.

އައްޑޫ ސިޓީގެ ހުޅުދޫ މީދޫ ވިޔަވައި އެހެން އަވަށްތަކުން ވަނީ ކާފިއު އުވާލައިފަ އެވެ. އެހެންނަމަވެސް އައްޑޫ ސިޓީ އަދިވެސް އޮތީ މޮނީޓަރިންގެ ހާލަތުގަ އެވެ.

ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން ދާތީ އެޗްޕީއޭއިން އެ ސިޓީގައި މި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން ފިޔަވަޅުތައް ވަނީ ހަރުކަށި ކޮށްފައެވެ. އެ ގޮތުން ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާ ކޮށްފަ އެވެ. ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ވެސް ވަނީ މަނަލެވެ. އައްޑޫ ސިޓީގެ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމާއި އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލަން ވެސް ވަނީ އަންގާފައެވެ.

އެހެންނަމަވެސް މި ކާފިއު މިހާރު ވަނީ ހުޅުމީދޫ ފިޔަވައި އެހެން އަވަށްތަކުން އުވާލައިފަ އެވެ. އޭއީއޯސީން ވަނީ އަވަށްތަކަށް ލުއި ދިން ނަމަވެސް ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އަންގާފަ އެވެ.

އައްޑޫގައި ކޮވިޑްގެ ދެ ކްލަސްޓާއެއް ވެއެވެ. އެއީ ހިތަދޫ ކްލަސްޓާ އާއި ހުޅުމީދޫ ކްލަސްޓާ އެވެ. އެ ދެ ކްލަސްޓާއާ ގުޅުންހުރި ބައެއް މީހުން އައްޑޫ ސިޓީގެ އެހެން ރަށްތަކުންވެސް ދަނީ ފެންނަމުންނެވެ.

އައްޑޫގައި މިވަގުތު ބަލި ޖެހިފައި ތިބީ 32 މީހުންނެވެ. އިއްޔެ ހަތް މީހަކު ވަނީ ޕޮޒިޓީވްވެފަ އެވެ.