ވޭމަންޑޫ

ވޭމަންޑޫގައި އަދިވެސް ކަަރަންޓެއް ނެތް

ވޭމަންޑޫއަށް ކަރަންޓު ދިނުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަނީ -- ފޮޓޯ: ފެނަކަ
0%
0%
0%

ތ. ވޭމަންޑޫއަށް އަދިވެސް ކަރަންޓް ނުލިބޭ ކަމަށް އެރަށުގެ ކައުންސިލްއިން ބުނެފި އެވެ.

އިއްޔެ މެންދުރު ވޭމަންޑޫގެ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި އިންޖީނުތަކާއެކު ބޭނުން ނުކުރެވޭ ވަރަށް ވަނީ އިންޖީނުގެ އަނދައި ހުލިވެގެން ގޮސްފަ އެވެ. އަދި އިއްޔެ މެންދުރުން ފެށިގެން އެރަށުގައި ކަރަންޓެއް ނެތެވެ.

ފެނަކައިން މިއަދު ހެނދުނު ބުނީ މިރޭ ވޭމަންޑޫއަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ވޭމަންޑޫއަށް އަލުން ކަރަންޓުގެ ހިދުމަތް ދިނުމުގެ ގޮތުން އެ އަތޮޅު ގުރައިދޫން 360 ކިލޯ ވޯޓުގެ ޖެންސެޓެއް މިއަދު ގެންގޮސްފައިވާއިރު ކަރަންޓް ދިނުމަށް ވާން ޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދާކަމަށް ފެނަކައިން މިރޭ ބުންޏެވެ. އެ މަސައްކަތްތައް ކުރިއަށްދާ ކަން ވޭމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ނަސީހުވެސް ކަށަވަރުކޮށްދެ އެވެ. ނަމަވެސް ކަރަންޓް މިރޭ ލިބޭނެކަމުގެ ޔަގީންކަމެއް އޭނާ ނުދެއްވި އެވެ.

އާބާދީގައި 1200 އެއްހާ މީހުން ހިމެނޭ ވޭމަންޑޫގައި ކަރަންޓް ނެތުމުން އާންމު ދިރިއުޅުމުން ނެއްޓި ދައްޗާއެކު ދިރިއުޅެން އުޅެން ވަނީ ޖެހިފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މަޒީ ޖަލީލް

ހިތްތަކުގެ ރައީސް ވިދާޅުވި ނޫންތޯ ކަރަންޓް ކެނޑޭ ވާހަކައެއް މިހާރަކު ނުދައްކާނެޔޭ. ތިޔަ ވާނީ ކައުންސިލަށް އޮޅުމަކުން ބުނެވުނު އެއްޗެއް ކަމަށް.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345