ވޭމަންޑޫ

ވޭމަންޑޫއަށް ކަރަންޓް ދީފި

ތ. ވޭމަންޑޫ އިންޖީނު ގޭގައި ބުދަ ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ އަށްފަހު، ވަގުތީ ގޮތުން އަލުން ކަރަންޓްގެ ހިދުމަތް ދީފި އެވެ.

އިއްޔެ މެންދުރު ވޭމަންޑޫގެ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި އިންޖީނުތަކާއެކު ބޭނުން ނުކުރެވޭ ވަރަށް އިންޖީނުގެ ވަނީ އަނދައިގެން ގޮސްފަ އެވެ.

ފެނަކަ އިން މިރޭ ބުނީ 11:40 ގައި އެ ރަށަށް ކަރަންޓް ދީފައިވާ ކަމަށެވެ. ވޭމަންޑޫއަށް އަލުން ކަރަންޓުގެ ހިދުމަތް ދިނުމުގެ ގޮތުން އެ އަތޮޅު ގުރައިދޫން 360 ކިލޯ ވޯޓުގެ ޖެންސެޓެއް މިއަދު ވަނީ ގެންގޮސްފައެވެ. އާބާދީގައި 1200 އެއްހާ މީހުން ހިމެނޭ ވޭމަންޑޫގައި ކަރަންޓް ނެތުމުން އާންމު ދިރިއުޅުމުން ނެއްޓި ދައްޗާއެކު ދިރިއުޅެން އުޅެން ޖެހުނެވެ.